Sun Online
Eid Greetings - Maldives Post Eid Greetings - MRDC Eid Greetings - Allied Eid Greetings - Stelco
 ޓީޗަރަކު ދިވެހި ކުދިންތަކަކަށް ކިޔަވައިދެނީ---
ޓީޗަރަކު ދިވެހި ކުދިންތަކަކަށް ކިޔަވައިދެނީ---

ރޯގާގެ ސަބަބުން ބައެއް އަމިއްލަ ސްކޫލްތައް ބަންދުކުރަން ފަށައިފި

އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

ހުމާއި ރޯގާ އާންމުވެފައިވާތީ ބައެއް އަމިއްލަ ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލާން ފަށައިފި އެވެ.

މުޅި ރާއްޖޭގައި ވެސް އިންތިހާއަށް ހުމާއި ރޯގާ ވަނީ ފެތުރިފަ އެވެ. އެކަމުގެ ސަބަބުން ސްކޫލްތަކަށް ކިޔަވަންދާ ކުދިންނާއި ކިޔަވައިދޭންދާ ޓީޗަރުންގެ އަދަދު ދަނީ މަދުވަމުންނެވެ.

އިއްޔެ ވަނީ ކިންޑާ ޕްރީ ސްކޫލުގެ ކިޔަވައިދިނުން މެދުކަނޑާލައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދި ސަރުކާރުގެ އެއްވެސް ސުކޫލެއް ބަންދު ނުކުރާ ކަމަށާއި އެމިނިސްޓްރީން އަމަލުކުރަމުން ދާނީ އެޗްޕީއޭ އިން އަންގާ އެންގުމެއްގެ މައްޗަށް ކަމަށެވެ.

އަންނަ ހަފްތާއިން ފެށިގެން ހަފްތާއަކަށް ސުކޫލުތައް ބަންދުވެ އެވެ. އެއީ މިޑްޓާމް ބަންދެވެ.

އެޗްޕީއޭ އިން ބުނީ، އެ އޮތޯރިޓީން ކުރި ދިރާސާތަކާއި ޓެސްޓުތަކަކުން އިންފުލުއެންޒާ އެޗްވަންއެންވަން އިތުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ކަމާގުޅޭ މާހިރުންނާ އެކު ސިއްހީ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.

ދެހާސްނުވަ ވަނަ އަހަރު އިންފުލުއެންޒާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެން ފެށި ފަހުން އެޗްވަންއެންވަން ދަނީ މޫސުމީ ރޯގާއެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންނެވެ.

އެޗްޕީއޭ އިން ބުނީ، އެހެން ރޯގާތަކެކޭ އެއްގޮތަށް އެޗްވަންއެންވަން އަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށެވެ. ނަމަވެސް މި ބަލީގެ ނުރައްކާ ބޮޑީ ތުއްތު ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށެވެ.

އެޗްވަންއެންވަން އާއްމުކޮށް ޖެހެނީ އިންފުލުއެންޒާ ނުވަތަ އަރިދަފުސް ރޯގާ ވެސް ފެތުރޭ ގޮތަށެވެ. ބަލިޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހި ތިބޭ މީހުންނަށް ޖަރާސީމު ފެތުރެނީ ކެއްސުމާއި އަދި ކިނބިހި އެޅުމުގެ ތެރެއިންނެވެ. އަދި ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށް ފަހު އަނގަޔާއި ނޭފަތުގައި އަތްލުމުން ވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވާސިލުވެ އެވެ.

×
DB released.