އެމްޕީއެލްގެ ސީއީއޯ ޖުނައިދު އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު:- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފި އެވެ.

ޖުނައިދު "ސަން" އަށް މިރޭ ވިދާޅުވީ، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ "މަގާމަށްވުރެ އަމިއްލަ ކަންކަން މުހިންމުވުމުން" ކަމަށެވެ.

"އަމިއްލަ ކަންކަމަށް ވަގުތު ނުދެވޭތީ އަސްލު [އިސްތިއުފާ ދިނީ]. އާއިލާއަކީ ވެސް ވިޔަފާރީގަ އުޅޭ އާއިލާއެއް. އެހެންވީމަ އެ ކަންކަމަށް ވަގުތު ދިނުމުގެ ގޮތުން މަގާމުން އިސްތިއުފާ ދިނީ،" ޖުނައިދު ވިދާޅުވި އެވެ.

ސަރުކާރުގެ އެހެން މަގާމަކުން ފެނިދާނެތޯ ސުވާލު ކުރުމުން، ޖުނައިދު ސީދާ ޖަވާބެއް ނުދެއްވި އެވެ.

"ތިއީ ވަރަށް އުމުރު ކުރުވާ ކަހަލަ ސުވާލެއް. ހިއެއް ނުވޭ ފެންނާނެހެން،" ޖުނައިދު ވިދާޅުވި އެވެ.

comment ކޮމެންޓް