ޓްރެވެލާސް ޗޮއިސް އެވޯޑްސްގައި ރާއްޖޭގެ ތިން ރިސޯޓެއް ވިދާލައިފި

ޖޭއޭ މަނަފަރު ރިސޯޓު ---

ޓްރިޕްއެޑްވައިޒާގައި ފަތުރުވެރިންގެ ރިވިއުތަކަށް ބަލާފައި ކޮންމެ އަހަރަކުވެސް ދޭ ޓްރިޕްއެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑްސްގައި ރާއްޖޭގެ ތިން ރިސޯޓެއް ވިދާލައިފިއެވެ.

މިއަހަރުގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްގައި މިހާތަނަށް ނެރެފައިވަނީ ހޮޓެލް ކެޓެގަރީގެ ނަތީޖާތަކެވެ. 2017 ވަނަ އަހަރުގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްގެ ހޮޓެލް ކެޓެގަރީގެ ބައިނަލްއަގުވާމީ ލިސްޓުތަކުގައި ހިމެނިފައިވާ ރާއްޖޭގެ ތިން ރިސޯޓަކީ ޖޭއޭ މަނަފަރު، ކަނދޮޅު މޯލްޑިވްސް އަދި ބަރޮސް މޯލްޑިވްސް ރިސޯޓެވެ.

ކަންދޮޅު މޯލްޑިވްސް ރިސޯޓު --

ޓޮޕް ލަގްޒަރީ ހޮޓެލްސްގެ ސަބް ކެޓަގަރީގައި ކަނދޮޅު މޯލްޑިވްސް ވަނީ އަށްވަނައިގައި ހިމެނިފައެވެ. އެ ކެޓެގަރީގައި ބަރޮސް މޯލްޑިވްސް ހިމެނިފައި އޮތީ 14 ވަނައިގައެވެ.

ޓޮޕް ރޮމޭންސް ހޮޓެލްސްގެ ސަބް ކެޓަގަރީގައި ބަރޮސް މޯލްޑިވްސް 22 ވަނައިގައި ހިމެނުނު އިިރު، ކަނދޮޅު މޯލްޑިވްސް އޮތީ 24 ވަނައިގައެވެ.

ބަރޮސް މޯލްޑިވްސް -----

ހުރިހާ ގޮތަކުން ބަލާއިރު، ދުނިޔޭގެ އެންމެ ރަނގަޅު 25 ހޮޓެލްގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނުނެވެ. އެއީ 10 ވަނައިގައި ޖޭއޭ މަނަފަރު، އަދި 11 ވަނައިގައި ކަނދޮޅު މޯލްޑިވްސްއެވެ.

ޓްރެވެލާސް ޗޮއިސް 2017: ރާއްޖޭގެ ޓޮޕް ޓެން ހޮޓެލް/ރިސޯޓު

  1. ޖޭއޭ މަނަފަރު
  2. ކަނދޮޅު މޯލްޑިވްސް
  3. ސިކްސް ސެންސެސް ލާމު
  4. މިރިހި އައިލެންޑް ރިސޯޓު
  5. ގިލި ލަންކަންފުށި މޯލްޑިވްސް
  6. ސޮނޭވާ ފުށި
  7. ވެލާ ޕްރައިވެޓް އައިލެންޑް
  8. ބަރޮސް މޯލްޑިވްސް
  9. ކޮންސްޓަންސް މޫފުށި
  10. ކޯމޯ ކޮކޯ އައިލެންޑް، ދަ މޯލްޑިވްސް
comment ކޮމެންޓް