ސައުންޑްސް އޮފް މޯލްޑިވްސްގެ މެއިން ސްޕޮންސާއަށް ކާނި ހޮޓެލްސް!

މިއަހަރު ސިންގަޕޫރުގެ ސިންގަޕޫރުގެ ސަންޓެކް ސިޓީގައި ބާއްވާ ޑައިވިން، ރިސޯޓް އެންޑް ޓްރެވަލް ޝޯ (ޑީއާރުޓީ ޝޯ)ގައި ސައުންޑްސް އޮފް މޯލްޑިވްސް ގެ ޝޯތައް ބޭއްވުމުގެ މެއިން ސްޕޮންސާ ކަން ކާނި ހޮޓަލްސް އިން ނަގައިފި އެވެ.

ސިންގަޕޫރުގައި ބާއްވާ ޑީއާރުޓީ ޝޯއިން މިފަހަރަށް ރާއްޖެއަށް ޚާއްސަ ޒޯނެއްވެސް ވަނީ ލިބިފަ އެވެ. އެ ޒޯންގައި ރާއްޖޭގެ ފަންނާނުންނާއި ބޮޑުބެރު ގްރޫޕުތަކުގެ އިތުރުން ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ބައިވެރިވާނެ އެވެ. އެގޮތުން މިއަހަރުގެ މި ޝޯގައި ދިވެހި ގެސްޓް ހައުސްތަކުން ވެސް ބައިވެރިވާނެ އެވެ.

ޑީއާރުޓީ ޝޯގައި ބައިވެރިވާ ފަރާތްތައް:

  • ކާނި ހޮޓެލްސް
  • ރިވެރީސް ލާމު
  • ކެޕިޓަލް ޓްރެވަލް
  • ޑައިވްކްލަބް މޯލްޑިވްސް
  • ބަންޔާން ޓްރީ މޯލްޑިވްސް
  • ކްރެކެން އެޑްވެންޗާސް
  • ޑައިވް އޯޝަނަސް
  • އައިމޯ ޓްރެވަލްސް
  • އެޓޯލް ހައިކާ
  • ސްކޫބާ ސްޕާ
  • މޯލްޑިވްސް ކަލެކްޝަންސް

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖޭގެ ފަންނާނުންގެ ހުނަރުތައް ދައްކާލުމަށް ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯތައް މީގެ ކުރިން ވަނީ ކުޑަ ބަނޑޮހާއި ވެރިރަށް މާލެ، ކޮލަންބޯ، ބެންގަލޫރުގެ އިތުރުން ކުއަލަ ލަމްޕޫރު އަދި ދުބާއީގައި ވެސް ބާއްވައިފަ އެވެ.

އެގައުމުގައި ބާއްވާ މި ރޯޑް ޝޯ އޮންނާނީ އަންނަ މަހުގެ 24 އިން 26 އަށެވެ.

comment ކޮމެންޓް