ދިރާގު ގޭމާސް ގިލްޑްއިން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރިޔާ ހޮވައިފި

ދިރާގު ގޭމާސް ގިލްޑްއިން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރިޔާ -- ފޮޓޯ: ދިރާގު

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ހުށަހަޅާފައިވާ އައިފޯން 15 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

މި އިނާމު ލިބޭ ނަސީބުވެރިއަކަށް ހޮވިފައިވަނީ މުޙައްމަދު ނާހިލް ނަޞްރެވެ. ދިރާގުން ބުނި ގޮތުގައި، މި އިނާމުގެ ނަސީބުވެރިޔާ ހޮވާފައިވަނީ dgg.mv އަށް ސައިން-އަޕްކޮށްގެން އެ ގިވްއަވޭގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތަކުންނެވެ.

ޑީޖީޖީއަށް ހަމައެކަނި ސައިން-އަޕްކޮށްލައިގެން ބައިވެރިވެވޭ ގޮތަށް ހުޅުވާލި މި ގިވްއަވޭ ދިރާގުން އިޢުލާނުކުރީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ޑީޖީޖީން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތަކާއި ޚާއްސަ އިނާމުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި، ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރު ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް އެ ފަރާތުން ދަނީ ފަހިކޮށްދެމުންނެވެ.

ގުޅޭ ޓެގު