އޫކްލާއިން ދޭ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑް އުރީދޫ ސުޕަނެޓަށް

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް: ނެޓްވޯކެއްގެ ފެންވަރު ކަނޑައެޅުމުގައި އެންމެ މުހިންމީ ޚިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރު ކަމަށް ވިދާޅުވި -- ފޮޓޯ/ އުރީދޫ

ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކުގެ އެވޯޑް އޫކްލާއިން އުރީދޫ ސުޕަނެޓަށް ވަނީ ދީފައެވެ. އުރީދޫން ބުނާ ގޮތުގައި މިއީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އިތުބާރު ހުރި އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ނަތީޖާއެވެ. އަދި މިއީ ކަސްޓަމަރުންގެ އިތުބާރާއި ވަފާތެރިކަމުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

  • އޫކްލާއިން ދޭ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑް އުރީދޫ ސުޕަނެޓަށް ލިބުން
  • މިއީ ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއްކަން އުރީދޫން ފާހަގަކުރުން
  • ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންނާއި ދަރިވަރުންނަށް ސުޕަނެޓުން އެހީތެރިވެދިނުން
  • މި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި ވަފާތެރިކަމުގެ ނަތީޖާކަމަށް ނިޔާޒް ވިދާޅުވުން

އޫކްލާއިން ދޭ، ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑް އުރީދޫ ސުޕަނެޓަށް ލިބިއްޖެއެވެ.

އުރީދޫން ވަނީ، އޫކްލާގެ އެވޯޑު ލިބުމަކީ، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށް ބުނެފައެވެ.

ޑިޖިޓަލް ގުޅުމަކީ ދިރިއުޅުމުގެ ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ ކަސްޓަމަރުންގެ ދުވަހުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ ނެޓްވޯކެއް ބިނާކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކާއި، އޮންލައިންކޮށް ކިޔަވާ ދަރިވަރުންނާއި، ގޭމް ކުޅޭ ފަރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހޯދާ އާއިލާތަކަށް ވެސް ސުޕަނެޓް މެދުވެރިކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދަނީ ފޯރުކޮށްދެމުން ކަމަށް އުރީދޫން ބުންޏެވެ.

އެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ނެޓްވޯކެއްގެ ފެންވަރު ކަނޑައެޅުމުގައި އެންމެ މުހިންމީ ޚިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރު ކަމަށެވެ.

"ޚިދުމަތުގެ ދެމެހެއްޓެނިވިކަމާއި އިތުބާރަކީ ނެޓްވޯކެއްގެ ފެންވަރު ދައްކުވައިދޭ އެންމެ މުހިންމު ސިފަ. އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ތައުލީމުން ފެށިގެން ގޭމިން އަދި މުނިފޫހިފިލުވުމުގެ ކަންކަމާ ހަމައަށް ކަސްޓަމަރުންނަށް ފުރިހަމައަށް ބަރޯސާވެވޭނެ ނެޓްވޯކެއް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ، މި ލިބުނު ފަޚުރުވެރި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި ވަފާތެރިކަމުގެ ނަތީޖާއެއް ކަމަށެވެ.

"ކަސްޓަމަރުންގެ އިތުބާރާއި އަޅުގަނޑުމެންގެ ޚިދުމަތްތަކަށް ބަރޯސާވުން، އަޅުގަނޑުމެންނަށް ހިތްވަރު ދެނީ ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށް، އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަށް،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން ބުނި ގޮތުގައި، ސުޕަނެޓް ތަރައްގީކޮށްފައިވަނީ ޑިޖިޓަލް މުޖުތަމައެއްގެ ބޭނުންތަކަށް ފެތޭގޮތަށް، އިންފްރާސްޓްރަކްޗާއަށް ކުރަމުން އަންނަ އިންވެސްޓްމަންޓްތަކާއި ނެޓްވޯކް އޮޕްޓިމައިޒޭޝަންގެ ސަބަބުން ހަލުވި އަދި ހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދޭ ގޮތަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އީޖާދީ މަސައްކަތްތަކާއި ހިތްވަރެއް ބޭނުންވާ ކަމަކަށްވާއިރު، އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް ސްޓްރެޓެޖީ ބިނާވެފައިވަނީ މި ކަންކަމުގެ މައްޗަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގައުމު ޑިޖިޓަލް ގޮތުން އިތުރަށް ގުޅިފައިވާ މުސްތަގުބަލަކާ ދިމާލަށް ދަތުރުކުރަމުންދާއިރު، އެ ކުންފުނިން ދަނީ ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް އަދި މުޖުތަމައުތަކަށް ބޭނުންވާ ފަދަ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް، އުރީދޫން ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް