ޕޯސްޓް ކުރި ވީޑިއޯއެއްގެ ސަބަބުން ޕަރިނީތީ ހޫނު ފެނަށް!

ދުބާއީގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑުގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގެ ސަބަބުން އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޕަރިނީތީ އާންމު ކުރި ވީޑިއޯ އިން ފެންނަނީ އޭނާ ހިނގާފައި ދާއިރު، ފިރިހެނަކު އޭނާގެ ދަބަސް ހިފައިގެން، ޕަރިނީތީ އަވިން ހިޔާކޮށްދިނުމަށް ކުޑައެއް ނަގައިގެން ޕަރިނީތީއާ އެކު ހިނގާފައިދާ މަންޒަރެވެ.

ނަމަވެސް އޭނާގެ ފޮލޮވަރުންނަށް އެ ވީޑިއޯ އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. އެ ވީޑިއޯ އަށް 500 އަށް ވުރެ ގިނަ ނެގެޓިވް ކޮމެންޓް ވެސް ވަނީ ލިބިފަ އެވެ.

ބައެއް މީހުން ވަނީ އަމިއްލަ ކުޑަ ނަގައިގެން ހިނގުމަކީ ޕަރިނީތީގެ 'ސްޓާ ކޮލިޓީ' ކުޑަ ވާނެ ކަމެއް ނޫން ކަމަށް ބުނެ ކޮމެންޓުކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ އެ ކުޑަ އަކީ 100 ކިލޯ އަށް ވުރެ ބަރު ކުޑައެއް ކަމަށް ބުނެ ޕަރިނީތީ އަށް މަލާމާތް ކޮށްފަ އެވެ.

މީހުންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާ އެކު ޕަރިނީތީ މިހާރު ވަނީ އެ ވީޑިއޯ ޑިލީޓް ކޮށްލައިފަ އެވެ.

މިއީ ޕަރިނީތީ އާންމު ކުރި ވީޑިއޯ އަކާ ގުޅިގެން މީހުންގެ ފާޑުކިޔުން އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ވެސް ވީޑިއޯއެއް މެދުވެރިކޮށް، އޭނާގެ އެކުވެރިއަކަށް އުފަންދުވަހުގެ މެސެޖެއް ދިން އިރު 'މަދުން ކައިގެން ހަށިގަނޑު ހިއްކާލަން' ޕަރިނީތީ ބުނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔައިފަ އެވެ.

comment ކޮމެންޓް