ބަނޑުގެ އިންފެކްޝަނެއްގެ ސަބަބުން ދަރްމެންދުރަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ދަރްމެންދުރަ ---

ބޮލީވުޑްގެ ކުރީގެ ބަތަލު ދަރްމެންދުރަ މުމްބާއީގެ ނާނަވަތީ ހޮސްޕިޓަލުގައި ރޭ އެޑްމިޓްކޮށް ފަރުވާ ދެމުން އެބަދެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ދަރްމެންދުރަ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ބަނޑުގެ އިންފެކްޝަނެއްގެ ސަބަބުންނެވެ. ދަރްމެންދުރަ ބަނޑުގައި ރިއްސާތީ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ރޭ ހޮސްޕިޓަލަށް ގެންދިޔައީ ތަދަށް ކެތް ނުވެގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭނާގެ އާއިލާ އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ދަރްމެންދުރަގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި ދެތިން ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.

އުމުރުން 81 އަހަރުގެ ދަރްމެންދުރަ ބޮލީވުޑަށް ތައާރަފުވީ 1960 ވަނަ އަހަރު ނުކުތް ފިލްމު 'ދިލް ބީ ތޭރާ ހަމް ބީ ތޭރޭ' އިންނެވެ. ދަރްމެންދުރަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނުކުތް ފިލްމު 'ސެކަންޑް ހޭންޑް ހަޒްބަންޑް' އިންނެވެ.

ެއޭނާ ޕްރޮޑިއުސް ކުރި ފިލްމް 'ގާޔަލް' އިން އޭނާ އަށް ގައުމީ އެވޯޑު ލިބިފައިވާ އިރު، 2012 ވަނަ އަހަރު އޭނާ އަށް ވަނީ ޕަދްމާ ބޫޝަން ވެސް ލިބިފަ އެވެ.

ދަރްމެންދްރަ ދެ ކައިވެންޏެއް ކޮށްފައިވާ އިރު، ހަތަރު ކުދިން ލިބިފައިވެ އެވެ.

comment ކޮމެންޓް