ކާމިޔާބު ތިން އަހަރު ފާހަގަކުރަން ފެނަކަ ކުޑަހުވަދޫ ބްރާންޗުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ފެނަކަ ކުޑަހުވަދޫ ބްރާންޗުން ކާމިޔާބު ތިން އަހަރު ފާހަގަކުރަން، ކުޑަހުވަދޫ ޕްރީ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ކާމިޔާބު ތިން އަަހަރު ފާހަގަކުރުމަށް، ފެނަކަ ކޯޕަރޭޝަންގެ ދ. ކުޑަހުވަދޫ ބްރާންޗުން އެރަށުގައި ކުޑަކުދީންގެ ހަވީރެއް ބާއްވައިފިއެވެ.

ފެނަކަ ކުޑަހުވަދޫ ބްރާންޗުން ކާމިޔާބު ތިން އަހަރު ފާހަގަކުރަން، ކުޑަހުވަދޫ ޕްރީ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ

ފެނަކަ ކޯޕަރޭޝަންގެ ދ. ރީޖަނަލް މެނޭޖަރު އަލީ ޝަކީބް ސަންއަށް ވިދާޅުވީ، ކުޑަކުދީންނަށް ހާއްސަ، ތަފާތު ކުޅިވަރު ތަކާއެކު މިއަދު ހަވީރު، 4:00އިން 5:45އަށް ކުޑަހުވަދޫ ޕްރީ ސްކޫލްގައި ބޭއްވި އެ ހަރަކާތުގައި އެރަށުގެ ގިނަ އަދަދެއްގެ ކުޑަކުދީންނާއި އެ ކުދީންގެ އާއިލާތައް ބައިވެރިވިކަމަށެވެ.

"ކުޅިވަރުގެ ގިނަ ޚަރަކާތްތަކުގެ އިތުރުން، ޚާއްސަ އިނާމުތަކާއި ހަދިޔާތަކާއެކު ބޮޑު ކޭކެއް ފެޅުން އޮތް،" ޝަކީބު ވިދާޅުވިއެވެ.

ފެނަކަ ކުޑަހުވަދޫ ބްރާންޗުން ކާމިޔާބު ތިން އަހަރު ފާހަގަކުރަން، ކުޑަހުވަދޫ ޕްރީ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ

ކުޑަކުދީންނަށް ހާއްސަ ހަރަކާތްތައްކަމަށްވާ، ސްނޭކް އެންޑް ލެޑަރ، ބާސްކެޓް ބޯލް ވެއްޓުން، ޒީރޯ/ކްރޮސް ގޭމް، މަސްބޭނުން، ކައްސާ ހަރުގަނޑު، ކުދީންގެ ހުނަރު ދައްކާލުންވެސް ކުރިއަށް ގެންދިޔަ ކަމަށް ޝަކީބު ވިދާޅުވިއެވެ.

ފެނަކަ ކުޑަހުވަދޫ ބްރާންޗުން ކާމިޔާބު ތިން އަހަރު ފާހަގަކުރަން، ކުޑަހުވަދޫ ޕްރީ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ

މި ސަރުކާރުގެ ކާމިޔާބު ތިން އަހަރު ފާހަގަ ކުރުމުގެ ގޮތުން "ހަބޭސް 3 އަހަރު" މިނަމުގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާ އެނޫންވެސް މުއައްސަސާތަކުން ދަނީ ހަރަކާތްތަކެއް ބާއްވަމުންނެވެ.

ފެނަކަ ކުޑަހުވަދޫ ބްރާންޗުން ކާމިޔާބު ތިން އަހަރު ފާހަގަކުރަން، ކުޑަހުވަދޫ ޕްރީ ސްކޫލްގައި ބޭއްވި ހަރަކާތްތަކުގެ ތެރޭން -- ސަން ފޮޓޯ

comment ކޮމެންޓް