ފޭރުން ލިބޭ އާދަޔާ ޚިލާފު ސިއްޙީ ފައިދާތައް

ފޭރަކީ އެ ކެއުމުން ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިބިދޭ މީރު މޭވާއެކެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ފޭރު ހިމެނުމަށް ކާބޯތަކެއްޗާބެހޭ ތަޖްރިބާކާރުން ލަފާ ދެއްވަ އެވެ. މިކަމުގެ ސަބަބުތައް ބައިވަރެވެ. ތިރީގައި މިވަނީ ފޭރުން ލިބޭ ސިއްޙީ ބޮޑެތި ފައިދާތަކުގެ ތެރޭން އަށް ފައިދާއެވެ.

ލޭގެ ޕްރެޝަރު ނޯމަލްކޮށްދިނުން :

ފޭރަކީ ގިނަ އަދަދަކަށް ޕޮޓޭޝިޔަމްއާއި އެނޫން ވެސް ލޭގެ ޕްރެޝަރު ނޯމަލްކުރުމަށް ބޭނުންވާ މާއްދާތައް އެކުލެވޭ މޭވާއެއްކަމުން ފޭރު ކެއުމުން ލޭގެ ޕްރެޝަރު ދަށްމީހުންގެ ޕްރެޝަރު މަތިކޮށްދީ އަދި ޕްރެޝަރު މަތިމީހުންގެ ޕްރެޝަރު ދަށްކޮށްދެއެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ ސިއްޙަތު ސަލާމަތް ކޮށްދިނުން:

ފޭރަކީ އެންޓި އޮކްސިޑެންޓާއި ފައިބަރު ގިނަ މޭވާއެކެވެ. ފޭރު ކެއުމުން ގެސްޓްރިކް ޖޫސްތައް ނެރޭމިންވަރު މެދުމިނެއްގައި ހިފަހައްޓައިދިނުމާއި ހަޖަމުކުރާ ނިޒާމުގައި އުފެދޭ އިންފްލެމޭޝަންގެ މައްސަލަ ހައްލުކޮށްދެ އެވެ. މީގެއިތުރުން ފޭރު ކެއުމުން ގޮހޮރުގެ ހަރަކާތްތައް ވެސް ގިނަކޮށްދެ އެވެ. މިއީ ބަނޑުހަރުވުމުން ސަލާމަތް ކޮށްދިނުމާއެކު ހަޖަމްކުރުމަށް ފަސޭހަކޮށްދޭ ކަމެކެވެ. އަދި ފޭރުގައި ފައިބަރު ގިނަވުމަކީ ވެސް ބަނޑުހަރުވުމުގެ މައްސަލައިންވެސް ސަލާމަތްކޮށްދޭ ކަމެކެވެ.

ކޮލެސްޓްރޯލް:

ފޭރު ކެއުމުން ނުބައި ކޮލެސްޓްރޯލް ދަށްކޮށްދީ ރަނގަނޅު ކޮލެސްޓްރޯލް މަތިކޮށްދެ އެވެ. އަދި ދެ ބާވަތުގެ ކޮލެސްޓްރޯލްގެ ނިސްބަތް ނޯމަލްކޮށްދިނުމަށް އެހީތެރިވެދެ އެވެ. ސިއްހީ ތަޖްރިބާކާރުން ވިދާޅުވާގޮތުން އެންމެ ރަނގަޅަށް ފޭރުގެ އަސަރު ކުރާނީ މިކްސަރުން ގިރައިގެން ފަނީގެ ގޮތުގައި ނޫނީ ސްމޫތީގެ ގޮތުގައި ބޭނުންކުރުމުންނެވެ. މިގޮތަށް ފޭރު ބޭނުންކުރުމުން ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރްސަތުވެސް ކުޑަކޮށްދެ އެވެ.

މަސްތައް ވަރުގަދަކޮށްދިނުން:

ފޭރަކީ ކެލްސިޔަމްއާއި ގިނައަދަދެއްގެ ވިޓަމިންސް އާ އަދި މިނެރަލްސް އެކުލެވޭ މޭވާއެކެވެ. މީގެތެރޭގައި ސޯޑިޔަމް، ޕޮޓޭޝިޔަމް، ދަގަނޑު، މެގްނެސިޔަމް، ވިޓަމިން އޭ، ޑީ، އަދި ވިޓަމިން ބީ. ޓުވެލް އަދި ވިޓަމިން ބީ ސިކްސް ހިމެނެއެވެ. މިމާއްދާތަކާއެކު ފޭރުން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށްދެއެވެ.

ދިފާއީ ބާރުވަރުގަދަކޮށްދިނުން:

ފޭރަކީ ގިނައަދަދަކަށް ވިޓަމިން ސީ ފަދަ ވިޓަމިންތައް އެކުލެވޭ މޭވާއަކަށްވާތީ އެއީ ދިފާއީ ބާރު ވަރުގަދަ ކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ މޭވާއެކެވެ.

ކެންސަރުޖެހުން މަނާކޮށްދިނުން:

ފޭރުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހުންނާތީ އާއި ފްލަވޮނޮއިޑް ފަދަ ކޮންޕައުންޑްތައް ހުންނާތީ އެއީ ކެންސަރުން ސަލާމަތް ކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްދޭ މޭވާއެކެވެ.

(ބޯލްޑް ސްކައި)

comment ކޮމެންޓް