އެޕަލްގެ އާ މެކްބުކް ޕްރޯ ބާޒާރަށް ނެރެފި

އެޕަލް އިން މިރޭ ނެރުނު އާ މެކްބުކް ޕްރޯ --

އެޕަލް އިން އެކުންފުނީގެ އާ މެކްބުކް ޕްރޯ ދުނިޔޭގެ ބާޒާރަށް ނެރެފިއެވެ.

އެކުންފުނިން މި ލެޕްޓޮޕް ބާޒާރަށް ނެރުނީ ރޭ ބޭއްވި އެކުންފުނީގެ "ހެލޯ އެގެއިން" އިވެންޓުގައި އެވެ.

އަލަށް ތައާރަފްކުރި މެކް ބުކް ޕްރޯގެ ދެ ސައިޒެއް ހުރެއެވެ. އެއީ 13 އިންޗީގެ ޑިސްޕްލޭ ހުންނަ ލެޕްޓާއި 15 އިންޗީގެ ޑިސްޕްލޭ ހުންނަ ލެޕްޓޮޕެވެ.

ރޭ ނެރުނު އާ 13 އިންޗީގެ ޑިސްޕްލޭ ހުންނަ މެކްބުކް ޕްރޯގެ 2.0 ގިގަހާޓްޒް ޕްރޮސެސަރު ހުންނަ ލެޕްޓޮޕްތަކުގެ އަގު އުޅޭނީ 1499 ޑޮލަރުގައި އެވެ. އަދި ޓަޗް އައިޑީއާއި ޓަޗް ބާ އެއް އިންނަ 2.9 ގިގަހާޓްޒްގެ ޕްރޮސެސަރު ހުންނަ 256 ޖީބީގެ މެކްބުކް ޕްރޯ ގެ އަގަކީ 1799 ޑޮލަރެވެ.

މެކް ބުކް ޕްރޯ، 2.9 ގިގަހާޓްޒް 512 ޖީބީގެ ލެޕްޓޮޕްގައިވެސް ޓަޗް އައިޑީއާއި ޓަޗް ބާ ފީޗާ އިނދެއެވެ. 512 ޖީބީގެ މި ލެޕްޓޮޕްގެ އަގަކީ 1999 ޑޮލަރެވެ.

މީގެ އިތުރުން 15 އިންޗީގެ ޑިސްޕްލޭ ހުންނަ މެކްބުކް ޕްރޯގެ ލެޕްޓޮޕްތަކަށް ބަލާއިރު، 2.6 ގިގަހާޓްޒްގެ 256 ޖީބީގެ މެކްބުކް ޕްރޯ އުޅެނީ 2399 ޑޮލަރަށެވެ. މި ލެޕްޓޮޕްގައިވެސް ޓަޗް އައިޑީއާއި ޓަޗް ބާ ހުރެއެވެ. 2.7 ގިގަހާޓްޒްގެ ޕްރޮސެސަރެއް ހުންނަ 15 އިންޗީގެ 512 ޖީބީގެ ހާޑެއް އިންނަ މެކް ބުކް ޕްރޯގެ އަގު 2799 ޑޮލަރަށް އުޅޭ އިރު މި ލެޕްޓޮޕްގައިވެސް ޓަޗް އައިޑީއާއި ޓަޗް ބާ އިނދެއެވެ.

comment ކޮމެންޓް