ސްވިމިންއިން ސާޖިނާ ރިހި މެޑަލް، ރާއްޖެއަށް މިހާތަނަށް 11 މެޑަލް

ރާއްޖޭގެ ބައެއް ފެތުންތެރިން މެޑަލްއާ އެކު --- ފޮޓޯ ސްވިމިން އެސޯސިއޭޝަން

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕުން ރާއްޖޭގެ ޒުވާން ފެތުންތެރިއާ އައިޝަތު ސާޖިނާ ރިހި މެޑެއްޔެއް ހޯދިއިރު ރާއްޖޭގެ ޓީމުން ޖުމްލަ 11 މެޑަލް ހޯދައިފިއެވެ.

ސާޖިނާ ރިހި މެޑަލް ހޯދީ އިއްޔެ ކުރިއަށްދިޔަ 100 މީޓަރު ބްރެސްޓްސްޓްރޯކުގެ 18 އަހަރުން މަތީގެ ކެޓަގަރީންނެވެ. ސާޖިނާ ރޭސް ފުރިހަމަ ކުރީ 01:24.65 ން ނެވެ. މީގެ ކުރިން ސާޖިނާ ގައުމީ ރެކޯޑް ހާދާފައިވަނީ މެލޭޝިއާގައި އޮތް މައިލޯ ޕެރަމް މެލޭޝިއަން އޯޕަން ސްވިމިންގ ގައި، 01:25.06 ން ރޭސް ނިންމައިގެންނެވެ.

ސާޖިނާ ރިހި މެޑަލް ހޯދުމަށް ފަހު ރާއްޖޭގެ ދިދައާ އެކު --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

އިއްޔެގެ މަޑަލާ އެކު މިއީ އެ ގޭމްސްގައި ސާޖިނާ ހޯދި އިންޑަވިޖުއަލް ދެ ވަނަ މެޑަލެވެ. މިދިޔަ ބުދަ ދުވަހު އޭނާ ވަނީ 50 މީޓާ ބްރެސްޓްސްޓްރޯކް އިވެންޓުން ލޯ މެޑްލް ވެސް ހޯދާފަ އެވެ.

ސާޖިނާ ހޯދި ދެ މެޑަލާއެކު، އެ ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ވަނީ 10 މެޑަލް ހޯދާފަ އެވެ. އެއީ ޓީމް އިވެންޓް ތަކުން ހޯދި އަށް މެޑަލް އާއި އިންޑިވިޖުއަލް އިވެންޓްތަކުން ހޯދި ދެ މެޑަލްއެކެވެ.

comment ކޮމެންޓް