"މައުމޫން ހުރިއްޔާ އުންމީދެއް އޮންނާނެ"

ޕީޕީއެމް ޖަލްސާއެއްގައި އުމަރު ވާހަކަ ދައްކަވަނީ--

ޕުރޮފެސަރު ސްޓެފެން ހޯކިންގް ވިދާޅުވި ވާހަކައެއް އޮވެއެވެ. އެއީ "ދިރިއުމެއް އޮތްތަނެއްގަ ވެއްޖިއްޔާ، އުއްމީދެއް އޮންނާނެ" ކަމަށެވެ. މިއީ ދިވެހިނަށް ވަރަށް ރައްޓެހި ބަސްކޮޅެކެވެ. ސަބަބަކީ އެއީ ރައީސް އަބްދުﷲ ޔާމީންގެ "ކޯޓް" އަކަށްވުމުންނެވެ. ސިޔާސީ މަޝްރަހު މިހާ ހޫނުވެފައިވަނިކޮށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިވަނީ ހަމައެފަދަ ކޯޓެއް ވިދާޅުވެފައެވެ.

ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަޕޯޓަރުން ވިދާޅުވީ "ދިރުމެއް އޮވެއްޖިއްޔާ އުންމީދެއް އޮންނާނެ" ކަމަށެވެ. ރައީސް މައުމޫނަށް ތާއީދު ކުރައްވާ އުމަރު ވިދާޅުވަނީ "މައުމޫން ހުރިއްޔާ އުންމީދެއް އޮންނާނެ" ކަމަށެވެ.

ޕީޕީއެމް ހަރުދަނާކުރަން ކޮމެޓީއެއް އެކުލަވާލަން ބޭއްވި ބައްދަލުވުމަށް ފަހު އުމަރު ނަސީރު ޕީޕީއެމް އޮފީހުން ނިކުންނަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުމަރަކީ ޑީއާރުޕީ ދެބައިވެ ޕީޕީއެމް އުފެދުނުއިރުވެސް މައުމޫންގެ ފަހަތުން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅާއެވެ. އަދި މިހާރު އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ރައީސް މައުމޫންއަށް ލަފާ ދިނުމަށް އެކުލަވާލޮ ކޮމެޓީގައިވެސް އުމަރު އިންނަވައެވެ.

ރައީސް މައުމޫންއަށް ތާއީދު ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު އެެހެންވިދާޅުވެފައިވާއިރު މިދަނޑިވަޅަކީ ރައީސް މައުމޫން އާއި ރައީސް ޔާމީންއާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވުންތަކެއް އުފެދިފައިވާ ދުވަސްވަރެކެވެ. ދެ ބޭފުޅުން ދަނީ އެޕާޓީގެ ތެރެއިން އެބޭފުޅަކަށް ވަފާތެރި ބޭފުޅުންނާއެކު މަސައްކަތް ކުރަމުންނެވެ.

ރައީސް މައުމޫން އާއި ރައީސް ޔާމީންގެ ދެކަނބަލުން: ރައީސް ޔާމީންގެ ކެމްޕޭނު އޮފީހަށް މައުމޫން ވަނީ ފާޑުވިދާޅުވެފައި -- ސަން ފޮޓޯ

ރައީސް މައުމޫން ރޭގައިވަނީ ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އިއުލާންކުރައްވާފައެވެ.

ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި އެޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ތިއްބެވީ ރައީސް ޔާމީން އާއެކުއެވެ.

ސިޔާސީ ހަމަނުޖެހުންތާއެކު މިސަރުކާރުގެ ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދެމުން ރައީސް ޔާމީން "ދިރިއުމެއް އޮތްތަނެއްގަ ވެއްޖިއްޔާ، އުއްމީދެއް އޮންނާނެ" ކަމަށް ވިދާޅުވާއިރު އުމަރު މިވިދާޅުވަނީ "މައުމޫން ހުރިއްޔާ އުންމީދެއް އޮންނާނެ" ކަމަށެވެ.

comment ކޮމެންޓް