ހޯމް މިނިސްޓަރު ކަމުން އުމަރު އިސްތިއުފާ ދެއްވައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު މީގެދުވަސްކޮޅެއް ކުރިން ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން ---- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްތިއުފާ ދެއްވައިފި އެވެ.

އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. މިރޭ ކުރެއްވި ޓްވީޓުގައި އުމަރު ވަނީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވި އިރު ދެއްވި ސަޕޯޓަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ސަރުކާރުގެ އެހެނިހެން ބޭފުޅުންނަށް ޝުކުރު ދަންނަވާފަ އެވެ.

އުމަރު އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މިރޭ ވިދާޅުވީ، އުމަރު ނަސީރުގެ ޓުވިޓަރ އެކައުންޓް ހެކްކުރިކަމަށް ބުނެ އޭނާގެ ނަމުގައި މިރޭ ޓްވީޓްތަކެއް ދަރުވަމުން ދާކަމަށާއި، އެހެން ނަމަވެސް އެއީ އޭނާގެ ޓުވިޓަރ އެކައުންޓެއް ނޫންކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އުމަރުގެ އިސްތިއުފާ ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.

comment ކޮމެންޓް