އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހާދީފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ.
ރޭ ހައްޔަރުކުރި އަންވަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އިއްޔެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ "މިންޖުވާން" މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި 13 މީހުން މިއަދު ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ފުލުހުން ބުނީ އެ މީހުން ދޫކޮށްލި ނަމަވެސް އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ 13 މީހުން ހައްޔަރުކުރީ އާޓިފިޝަލް ބީޗުގައި ތިބެ މުޒާހަރާ ކުރަން ފުލުހުން އަންގާފައިވަނިކޮށް، އެ އެންގުމާ ޚިލާފަށް މަގުމައްޗަށް ނުކުމެ މަގުތައް ހަލަބޮލި ކުރި ކަމުގެ ތުހުމަތުގަ އެވެ.