ކާނިވަލުގައި ހުރި ސައުތު ސެވަން ކެފޭ އާއި ނައިސް ފުޑު 1 ކެފޭ ހުސްކޮށްފި އެވެ.
އެ ދެ ކެފޭ ހުސްކޮށްފައި ވަނީ މިއަދު 6:00 ގެ ކުރިން އެ ދެ ތަން ހުސްކުރުމަށް ފުލުހުން އެންގުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ތަން ހުސްކުރަން ފުލުހުން އެންގީ ސިވިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ އެ ދެ ތަން ހުސްކުރުމަށްފަހު އައިލެންޑް ފިޝަރީޒާ ހަވާލުކުރުމަށެވެ.