ނުރައްކާތެރިކޮށް ސައިކަލު ދުއްވުން: 3 މީހުން ޖުމުލަ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ބްރިޖު މަތީގައި ސައިކަލު މަތީ ބަނޑު އަޅައިގެން ބާރު ދުވެލީގައި ދުއްވަނީ: 3 މީހަކު ޖުމުލަ 8،000 ރުފިޔާއިން ޖޫރިމަނާކުރި --- ފޮޓޯ: ސްކްރީންޝޮޓް

އާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވި ތިން މީހުން ޖުމުލަ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ސިނަމާލޭ ބްރިޖުގެ ހައިވޭ މަތީގައި ބާރު ދުވެލީގައި ހަތަރު ސައިކަލެއް ދުއްވައިފައިދާ މަންޒަރެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ދުއްވި މީހުން ސައިކަލު މަތީ ބަނޑު އަޅައި, އޮށޯވެގެން ބާރު ދުވެލީގައި ދުއްވައިފައިދާ މަންޒަރު ފެނެއެވެ.

ފުލުހުން މީޑިއާތަކާ މިރޭ އިރާކޮޅު ހިއްސާކުރި މެސެޖެއްގައި ވަނީ، މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އޭގެ ތެރެއިން ތިން ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ނަގައިފައިވާ ކަމަށެވެ.

https://sun.mv/225119

އޭގެ ފަހުން ފުލުހުން މިރޭ ބުނީ، ތިން ސައިކަލު ދުއްވި ފަރާތްތަކުގެ ތެރެއިން ދެ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާތީ ތިންވަނަ މީހާ 4،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު މި މައްސަލައާ ގުޅުންހުރި ރިޕޯޓެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ބާރު ދުވެލީގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަތަކަށް ނުރައްކާވެފައި އެބަހުއްޓެވެ. އަދި އޭގެ ތެރޭގައި މަރުގެ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭގެ ތެރޭގައި ވެސް ގިނައީ ޒުވާނުންނެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1،751 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވެއެވެ.

ސިނަމާލެ ބްރިޖުގެ ހައިވޭގައި ނުރައްކާތެރިކޮށް އަދި އާންމުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލު ދުއްވި މައްސަލައެއްގައި ފުލުހުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، މި އަމަލު ހިންގި ތިން މީހަކު ޖުމުލަ 8،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތްތަކުގެ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލައިގެ ރިޕޯޓު ކަމާބެހޭ ވުޒާރާއަށް ހުށަހެޅުމަށް ފުލުހުން ނިންމާފައިވާއިރު، މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ދުވެލި ބާރުކުރުމުގެ ސަބަބުން ހިނގާ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ```json

  • ނުރައްކާތެރިކޮށް ސައިކަލު ދުއްވި ދެ މީހަކު 2،000 ރުފިޔާއިން އަދި ކުށް ތަކުރާރުކުރި މީހަކު 4،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
  • ގަވާއިދާ ޚިލާފަށް ދުއްވި ތިން ސައިކަލު، 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ނަގާފައެވެ.
  • މި ހާދިސާއާ ގުޅޭ ޚާއްޞަ ރިޕޯޓެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ނިންމާފައެވެ.
  • މި އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1،751 މައްސަލަ ހުށަހަޅާފައިވާއިރު، މިއީ ފުލުހުންނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކުރެވޭ މައްސަލައެވެ.
comment ކޮމެންޓް