އަލިފާނުގެ ފަސް ހާދިސާއަކާއެކު ނިމުނު ހަފުތާގައި ކުއްލި ނުރައްކަލުގެ 20 ހާދިސާއެއް

އަލިފާނުގެ ހާދިސާގެ ތެރެއިން: އަލިފާނުގެ ފަސް ހާދިސާއަކާއެކު ނިމުނު ހަފުތާގައި ކުއްލި ނުރައްކަލުގެ 20 ހާދިސާއެއް ނިމުނު ހަފުތާގައި ހިނގި -- ފޮތޯ: އެމްއެންޑިއެފް

އަލިފާނުގެ ފަސް ހާދިސާއަކާއެކު ނިމުނު ހަފުތާގައި ކުއްލި ނުރައްކަލުގެ 20 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ވަނީ ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 20 ހާދިސާއަކަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.

އެ ޚިދުމަތުން އާންމުކޮށްފައިވާ ނިމުނު ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމުނު ހަފުތާގައި އެންމެ ގިނަ ހާދިސާތައް ރިޕޯޓުކޮށްފައި ވަނީ މާލެ އޭރިއާ ކޮމާންޑުންނެވެ. އެގޮތުން މާލެ އޭރިއާއިން 16 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ތިން މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ސަދަން އޭރިއާ ކޮމާންޑުން ވަނީ އެއް މައްސަލަ ރިޕޯޓު ކޮށްފައެވެ.

ނިމުނު ހަފުތާގައި ހިނގާފައިވާ ކުއްލި ނުރައްކަލުގެ ހާދިސާތަކުގެ ތެރޭގައި ހިމެނެނީ:

  • ފަޔާ އިންސިޑެންޓް: 5
  • ޑިޒާސްޓާ އިންސިޑެންޓް: 5
  • ރެސްކިއު އިންސިޑެންޓްސް: 5
  • މެޑް އިވެކް އިންސިޑެންޓްސް: 3
  • އެލާމް އިންސިޑެންޓްސް: 2
  • އެހެނިހެން: 1

ނިމުނު ހަފުތާގައި އަލިފާނުގެ ފަސް ހާދިސާއެއް ހިނަގާފައިވާއިރު މިއަދު ވަނީ ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެ ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ.

https://sun.mv/229594

އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކައިރީގައި ހުރި އިތުރު ތިން ގެއަކަށް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި އެ ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިގެން ށް ށ. އަތޮޅު ހޮސްޕިޓަލަށް 20 މީހަކު ގެންދިޔަ ނަމަވެސް އެ މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

comment ކޮމެންޓް