ރޭ އަލިފާން ރޯވި ހ. ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާއަކީ ހުސް ތަނެއް ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.
ހ. ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގީ ރޭ 11:30 ވާން ކައިރިވެފައި ވަނިކޮށެވެ. އަލިފާން ނިވާލީ ގަޑިއިރެއް ފަހުން ދަންވަރު 12:39 ހާއިރެވެ.
އެންޑީއެމްއޭން 'ސަން' އަށް ބުނީ، އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހިސާބަށް ނުދިޔަ ކަމަށާއި އެހީތެރިކަމަށް އެއްވެސް ފަރާތަކުން އެދިފައި ވެސް ނުވާ ކަމަށެވެ.
"އެއީ އަސްލު މީހުން އުޅޭ ބިލްޑިންއެއްނޫން، ހުސް ބިލްޑިންއެއް ކަމަށް މައުލޫމާތު ލިބިފައި އޮތީ،" އެންޑީއެމްއޭން ބުންޏެވެ.
އެމްއެެންޑީއެފުން 'ސަން'އަށް ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
ދޭތެރެ ދޭތެރެއިން މިފަދަ އަލިފާނުގެ ހާދިސާތައް ދަނީ މާލެ ސަރަހައްދުގައި ހިނގަމުންނެވެ.