ޖުމްލަ 24 ދަޅު ބަނގުރަލާއެކު, ހުޅުމާލޭން ޒުވާނަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ ހމ. ހިޔާ 4-18-15 މާލެ، އުމުރުން 25 އަހަރުގެ އަމާން އިބްރާހީމް ކަމަށެވެ. އޭނާގެ މައްޗަށް ކުރަނީ ބަނގުރާ ބޭނުންކޮށް އެ ތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ހުޅުމާލޭ ދެ ފިޔަވަހި ގުޅުވައިދޭ ވެމްކޯ ބުރިޖު ދަށުން ކަމަށާއި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލެއެކޭ އެއްގޮތަށް ހުޅުމާލޭން ވެސް މަސްތުވާތަކެއްޗާއެކު ޒުވާނުން ހައްޔަރުކުރާ މިންވަރު ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.