ގަލޮޅު ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގެ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ގ. ފުންފަޅު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި މިހާރު ކޮންޓްރޯލްކުރެވިފައިވާ ކަމަށް ބުންޏެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ މިރޭ 10:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރޯވީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، ފުންފަޅު ގޭގެ ފަސްވަނަ ފަންގިފިލާގައި އަލިފާން ވަނީ ވަރަށް ބޮޑަށް ހިފައިފައެވެ. އަދި އެ ތަނުން ކަޅުކުލައިގެ ބޯ ދުން އަރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
އެ ހާދިސާ ހިނގީ ކިހިނެއްކަން އަދި ޔަގީނެއްނޫނެވެ.