"އެމްޑީޕީއަށް މަގުބޫލުކަން ނެތްކަން ހާމަވެއްޖެ، އައްޑޫ 2028ގައި ވާނީ ޕީއެންސީގެ ކިއްލާއަކަށް"

ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕީއެންސީގެ މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުމުން ބޭއްވި ބައި އިލެކްޝަނުން ނާކާމިޔާބު ވި ނަމަވެސް އިންތިޚާބުން އެނގިގެން ދިޔައީ އެމްޑީޕީގެ މަގުބޫލުކަން އައްޑޫގައި ނެތްކަން ކަމަށާއި 2028 ގައި އައްޑޫ ސިޓީ ވާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

މިއަދު ބޭއްވުނު އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގައި، މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ، ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމްޑީޕީއަށް ކާމިޔާބުވީ ނަމަވެސް ކާމިޔާބުވީ ނަތީޖާގެ ފަރަގާ ގުޅުވައި ފާޑު ވިދާޅުވެފައެވެ.

އެގޮތުން އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"އިންޝާﷲ، މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދަޢުވާ މިއަދުގެ އިންތިޚާބާއެކު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

އެމްޑީޕީގެ މުޅި ލީޑަޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ވެސް، އައްޑޫގައި ބެހެއްޓި ފޮށިތަކުން ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ބަލިވެފައިވާ ކަމަށް ފަލާހު ސިފަކުރެއްވިއެވެ.

https://sun.mv/222944

ފަލާހު އިތުރަށް ވިދާޅުވީ، އިންތިޚާބުގައި ބެހެއްޓި ހަތް ވޯޓް ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯދުމަކީ ރައީސް މުޢިއްޒަށް އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަޝިޕް އައްޑޫގައި ފެއިލްވެފައިވާކަން މި ނަތީޖާއިން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު ބޭއްވުނު އިންތިޚާބުގައި ބެހެއްޓި ހަތް ވޯޓް ފޮށީގެ ތެރެއިން ހަތަރު ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް. ރައީސް މުޢިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް. 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް، އިންޝާﷲ،" ފަލާހު ވިދާޅުވިއެވެ.

މިއަދުގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް، ސޯބެއެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ.

މި ކާމިޔާބީއާއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު 13 އަށް ވަނީ އިތުރުވެފައެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ 74 މެންބަރުން މިހާރު މަޖިލީހުގައި ތިއްބަވައެވެ.

މި ބައި އިލެކްޝަނާ ސަރުކާރުން ކުރިމަތިލީ މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަސްދޮޅަސް ދެ ވޯޓުގެ ތަފާތުން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ. މި ކާމިޔާބީއާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު ވަނީ ތޭރަ އަށް އިތުރުވެފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ހަތްދިހަ ހަތަރު މެންބަރުން މިހާރު މަޖިލީހުގައި ތިއްބަވައެވެ. ނަމަވެސް، ޕީއެންސީގެ އިސް ވެރިން ކަމަށްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މި އިންތިޚާބުގެ ނަތީޖާއިން އެމްޑީޕީއަށް އައްޑޫގައި އޮތް ތާއީދު ކުޑަވެފައިވާކަން ފާހަގަކުރައްވާފައެވެ. އެބޭފުޅުން ވިދާޅުވި ގޮތުގައި ބެހެއްޓުނު ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީއަށް ކުރި ލިބުމަކީ ރައީސް މުޢިއްޒަށް އޮތް އިތުބާރު ހާމަވާ ކަމެކެވެ.

  • ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު.
  • އިންތިޚާބުގައި ބެހެއްޓުނު ގިނަ ވޯޓު ފޮށިތަކުން ކުރި ހޯދާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ބުނެފައިވޭ.
  • ޕީއެންސީގެ ލީޑަޝިޕުން ލަފާކުރައްވާ ގޮތުގައި 2028 ވަނަ އަހަރު އައްޑޫ ސިޓީ ވާނީ އެ ޕާޓީގެ ބާރުގަދަ ކިއްލާއަކަށް.
  • މަޖިލީހުގައި މިހާރު ތިއްބަވަނީ ޕީއެންސީގެ 74 މެންބަރުންނާއި އެމްޑީޕީގެ 13 މެންބަރުން.
comment ކޮމެންޓް