ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ: މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

އދ. ދިގުރަށް: ނިޔާވި ބަންގްލަދޭޝްގެ ދެ މީހެއްގެ ހަށިގަނޑު މިއަދު ފޮނުވާލަނީ --

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ސަފީގުލް އިސްލާމާއި އެމްޑީ ސާދަރު އަލީގެ ހަށިގަނޑު ވަނީ ފޮނުވުމަށް ތައްޔާރުކޮށްފައެވެ. މި ހާދިސާގައި ޖުމްލަ ފަސް ބިދޭސީއަކު ނިޔާވެފައިވާއިރު، އިތުރު ދެ މީހަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.

  • ދިގުރަށު ހާދިސާގައި ނިޔާވި 5 މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވަނީ
  • މި ހާދިސާގައި އިތުރު 2 މީހަކަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދޭ
  • އަލިފާން ރޯވީ ގޭސް ލީކުވެގެން ކަމަށް ކައުންސިލުން ބުނޭ
  • މީހުން ސަލާމަތް ކުރެވުނީ އިމާރާތުގެ ބިއްދޮށު ފާރު ތަޅައިގެން ކަމަށް ފުލުހުން ބުނޭ

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް މިއަދު ފޮނުވާލަން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ "ދަ ބިޒްނަސް ސްޓެންޑާޑް"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހުންކަމަށްވާ ސަފީގުލް އިސްލާމާއި، އެމްޑީ ސާދަރު އަލީގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ފޮނުވާލާނެއެވެ.

މި ދެ މީހުންގެ އިތުރުން، މި ހާދިސާގައި ދެން މަރުވީ ތާޖް އުދިން އިސްލާމާއި، އެމްޑީ ރޮބިން މޮއްލާއާއި، އެމްޑީ ނަބީސަރްކާރެވެ.

މި ހާދިސާގައި އަނިޔާވި އިތުރު ދެ މީހަކަށް އަންނަނީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ދެ މީހުންގެ ހާލު ވެސް ސީރިއަސްއެވެ.

https://sun.mv/219157

ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރެވެ. މި ހާދިސާއާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ބިދޭސީން އުޅެމުން ދިޔަ ގޭގައި ރޯވީ ގޭސް ލީކުވެގެން ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ގޭގައި ވަދެ ނުކުތުމަށް ހުންނަނީ އަލިފާން ރޯވި ބަދިގެއާއި އިންވެގެން ހުންނަ ދޮރު އެކަންޏެވެ.

https://sun.mv/219142

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިދިޔަ ހުކުރު ދުވަހުގެރޭ ބުނީ، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން ނިޔާވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށެވެ.

comment ކޮމެންޓް