އަލިފާން ރޯވީ ތެޔޮ ބޯޓެއްގައި، އެކަކުގެ އަތްތިލަ ފިހި ފަރުވާދެނީ

ހުޅުމާލެ ފަޅުތެރޭ އޮތް ބޯޓެއްގައި ރޯވެ އަނދަނީ: އަލިފާން ވަނީ ނިވާލައިފަ ކަމަށާއި، އެކަކުގެ އަތް ފިހުނު ކަމަށް ފުލުހުން ބުނި -- ފޮޓޯ/ އެމްއެންޑީއެފް

ރޯވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި ކަމަށާއި، މި ހާދިސާގައި އެކަކުގެ އަތްތިލަ ފިހިފައިވާ ކަމަށް، ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަޅުތެރޭގައި އޮތް އުޅަނދަކުން ކަޅު ދުން އަރާ މަންޒަރު ފެނެއެވެ.

އެމްއެންޑީއެފުން އޭރު ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

https://sun.mv/213764

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިއަދު މެންދުރު 13:00ހާއިރު ކަމަށެވެ.

ތެޔޮ ބޯޓުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާކަން ހާމަކޮށް ފުލުހުން ބުނީ، މި ހާދިސާގައި އެ ދޯނީގައި ހުރި ބަންގްލަދޭޝް މީހެއްގެ އަތްތިލަ ފިހިފައިވާ ކަމަށާއި، އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް