ހުޅުމާލެ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ރެސްޓޯރެންޓުން ދުން އަރަނީ--

ހުޅުމާލޭ ފޭސް އެކެއްގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއްގައި އަލިފާނުގެ ހާދިސާއެއް ދެންމެ ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ, ނިރޮޅުމަގު 14ގައި ހުންނަ, "ޝަވަރުމާޝީ" ރެސްޓޯރެންޓްގައެވެ. ދެ ބުރިއަށް ހުންނަ އިމާރާތުގައި ހިންގަމުން އަންނަނީ އެ ރެސްޓޯރެންޓް އެކަންޏެވެ.

އެމްއެންޑީއެފްއިން ބުނީ އެ އިމާރާތުން ދުން އަރާތީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ރޯވެފައި ވަނީ އެތަނުގެ ބަދިގޭގައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ރެސްޓޯރެންޓުން ދުން އަރަނީ--

އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

އެ ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް ބުނީ އެ ރެސްޓޯރެންޓުން ވަރަށް ބޮޑަށް ދުން އަރަމުން އަންނަ ކަމަށެވެ. އަދި އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް, އޭނާ ބުންޏެވެ.

comment ކޮމެންޓް