މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއާ ގުޅިގެން މާލޭގެ 24 މަގެއް ބަންދުކުރަން ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މާދަމާގެ ޖަލްސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީސް ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ފުލުހުން ނިންމާފައިވާކަން އާންމުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މާދަމާ ބަންދުކުރަން ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުން ފެށިގެން މަޖީދިއްޔާ ސްކޫލާ ހަމައަށް އަމީރު އަޙްމަދު މަގު އަދި ސިފައިންގެއިން ފެށިގެން ސޯސަން މަގާ ހަމައަށް މެދުޒިޔާރަތްމަގު ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، މަޖިލީސް ހުންނަ ސަރަހައްދުގެ ގިނަ މަގުތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ރިޔާސީ ބަޔާން އިއްވާ ވަގުތާ ދިމާކޮށް މަޖިލިސް ސަރަހައްދުގައި މުޒާހަރާކުރުމަށް ވެސް އިދިކޮޅު އެމްޑީޕީއިން ވަނީ ރާވާފައެވެ.
comment ސލހ
2 month 1 week ago
ތި 24 މަގުގެ ތެރޭގަ އަނެއްކާ ބިލަމަގާއި، އުމަގު ވޭތަ އަނެއްކާ؟
comment އަދާލަތު
2 month 1 week ago
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އަމާންކަމާއެކު އިއްވެންޖެހޭނެ. އެއީ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޤާނޫނުން ކަނޑައެޅިފައިވާކަމެއް. އެ ޙައްޤުއަދާކުމުގައި އަމާންކަމާއި ރައްކައުތެރިކަން، ޤައުމީދިފާޢީ ބާރާއި، ފުލުހުން ފުރިހަމަޔަށް ހޯއްދަވައިދެއްވަންޖެހޭނެ.
comment އައްޓަމަސް
2 month 1 week ago
މީ ބޮޑުވަރު!