ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާޕާސަން ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް، މ.ހަނީކޯމްބް، އާމިނަތު ނަމްޒާ އައްޔަން ކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ލ.އިސްދޫ، އިބްރާހީމް ނަސްރީން އައްޔަންކޮށްފައިވާ ކަމަށް ވެސް ޕީސީބީން ފާހަގަކޮށްފައިވެއެވެ.
ޕީއެސްއެމްގެ ޗެއާޕާސަންއަކަށް އެންމެ ފަހުން ހުންނެވީ އިބްރާހިމް ހިލްމީއެވެ. އޭނާގެ ދައުރު ހަމަވި ފަހުން، އެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވެއެވެ.
މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވުމުގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފޮރިން ރިލޭޝަންސް ހެޑްގެ މަގާމު ފުރުއްވިއެވެ. އޭނާއަކީ ދައުލަތުގެ މީޑިއާގައި ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ އޮގަސްޓު މަހު އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ސައީދު، ގާތްގަނޑަކަށް ފަސް މަސް ފަހުން މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު ވެސް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 24ގެ ޒީނާ މަގާމުން އިސްތިއުފާދެއްވިއިރު، އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޒީނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއްނުކުރައްވައެވެ.
comment ނެގިވަރު
3 month 5 day ago
ނަމްޒާ ތީ ވަރައްތަފާތުއަންހެންބޭކަލެއް މުއްސަދިކަންވަރައްބޭނުވާނެ
comment ފަރިޔާލު
3 month 5 day ago
ޕީއެސްއެމްއަށް ޗެއާޕާސަން އެއް މިވަގުތަށް ހަމަ މުހިއްމުތޯ. އެމްޑީ އަކާ ޑީއެމްޑީއެއް ހުރެގެން ހިންގެންވާނެ. ޚަރަދު ކުޑަކުރަން ދައުލަތުގެ ބައެއް މުވައްސަސާތަކަށް މިއުޅޭނީ އާދައިގެ މަޤާމުތަކަށްވެސް މުވައްޒަފުން ނަގަން ހުއްދަ ނުލިބިގެން.
comment ސުމް
3 month 5 day ago
މެނޭޖްމަންޓާއި ކޯޕަރޭޓް ގަވާރނަންސު ނުކިއްވާތިބޭ ފިލްމުސްޓާރުންނާއި ޓީވީ ޕުރެޒެންޓަރުން ލައިގެން މުއައްސަސާތައް ހިންގަން އުޅޭތަން މިފެންނަނީ. މެނޭޖްމަންޓު ދާއިރާއިން މާރސްޓާރސް ހަދައި ތަޖުރިބާ ލިބިފަތިބި އެތަކެއް ޑައިނޭމިކު ފަރާތްތަށް ތިއްބާ.
comment ވާނުވާ
3 month 5 day ago
މާތް ރަސްކަލާންގެޔާ ވަކީލް ....... ދިވެހިރާއްޖެ އިދެނުޖެހިގެންތަ މި ސަރުކާރުން މި އުޅެނީ .....
comment ޑަބަލިޔު
3 month 5 day ago
އެހެންވީމާ ދެ މުސާރަ ލިބޭނެތަ؟
reply ދޮން ބަބުރު ސޮރު
3 month 5 day ago
ޢާއިލާ ބޭފުޅެއް ކަމަށް ވެދާނެ، ކާލުމަށް ގެންނެވީ މުޅި، ރާތާބަރި ހުރިގޮތަށް
comment އިބްރާހީމް
3 month 5 day ago
"ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި" މިއީ އަޅެފަހެ މި ދިވެހި ދައުލަތަށް ބަލަދުއަރާފައި ތިބި ބައެއްތަ؟ މިއިން މީހަކު ދައުލަތުގެ/ސަރުކާރުގެ ތަނަކަށް ލައިގެން، ރައްޔިތަކަށް ވީ ފައިދާއެއް ފަސޭހައެއް އެބައޮތްބާ؟ ވަﷲ އަޢުލަމް.