Ooredoo
Dhiraagu

ޕީއެސްއެމްގެ އެމްޑީއަކަށް، މާކެޓިން ޑިރެކްޓަރަކަށް ހުންނެވި ނަސްރީން

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ، އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން --

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން އައްޔަންކޮށްފިއެވެ.

ADK GENERAl

ނަސްރީނަކީ ޕީއެސްއެމްގައި ޚިދުމަތް ކުރައްވާތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެއްގެ އިތުރުން، ގައުމީ ޔުނިވާސިޓީއާއި މެޕްސް ކޮލެޖާއި ސައިރިކްސް ކޮލެޖުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ނަސްރީން ވަނީ މެލޭޝިއާގެ ލިމްކޮކް ޔުނިބާސިޓީން ބެޗްލާސް ޑިގްރީ ހާސިލުކުރައްވައި، ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދިޔަ އޮގަސްޓު މަހު އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ސައީދު، ގާތްގަނޑަކަށް ފަސް މަސް ފަހުން މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު ވެސް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 24ގެ ޒީނާ މަގާމުން އިސްތިއުފާދެއްވިއިރު، އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޒީނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއްނުކުރައްވައެވެ.

Redstar
comment ކޮމެންޓް

comment ސަނދުވާ

3 month 6 day ago

ކިޔަވައިގެންހުރި ތަންދޮރުއެނގޭމީހަކަށް ޕީއެސްއެމްގެ ބައެއްމުވައްޒަފުން ތާއީދެއްނުކުރާނެ. އިބުރާހީމް ނަސްރީނަކީ މިވަޤުތު ޕީއެސްއެމްގައިހުރި އެއްމެ ޤާބިލްމީހާ. އަޅުގަނޑުވެސް ނަސްރީނު ވަރަށްގާތުންދަންނަން. ސަރުކާރުގައި 42އަހަރު. ޕީއެސްއެމްގައި 24އަހަރު ޚިދުމަތްކޮށްފައި ދުރުގައިމިހުރީ ނާޤާބިލްމީހުން ބާރުވެރިކަން ޙައްދުފަހަނާއެޅީމައި.

comment ސާޔަން

3 month 6 day ago

ޕީއެސްއެމްގެ ހުރިހާ މުވައްޒަފުންވެސް އިއްތިފާގުވޭ މީނާގެ ބޮޑާކަމާއި ކިބުރުވެރިކަމަށް. ތިމާޔަށް ތިމާފެނިފަ ހުންނަނީ

reply ފިޝަރމޭން

3 month 6 day ago

ދެން ނެތެއްނު މީހަކު ލެވޭކަށް. މަށަށް މި ކޮމެންޓުން ސާފުވެގެންދިޔަ ކަމަކީ އެމްޑީއަކަށް ނަސްރީން ރަނގަޅުކަމަށް.