ފުވައްމުލަކުގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެ، އަނދައި ހުލިވެއްޖެ

ފުވައްމުލަކުގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެ، ލިބުނު ގެއްލުންތައް: އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާ ކަަމަށް ކައުންސިލުން ބުނޭ --

ފުވައްމުލަކު ސިޓީގައި މީހުން ދިރިއުޅޭ ގެއެއްގައި މިރޭ ރޯވެ، އަނދައި ހުލިވެއްޖެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ މެމްބަރު އަބްދުﷲ ނާސިރު "ސަން"އަށް ވިދާޅުވީ އެ ސިޓީގެ މިސްކިތްމަގު އަވަށުގެ ގެއެއްގައި ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފެށީ 9:55ހާއިރު ކަމަށާއި، ބެލެވޭ ގޮތުގައި އަލިފާން ރޯވީ އޭގެ ގާތްގަނޑަކަށް 15 މިނިޓު ކުރިން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ފުވައްމުލަކުގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެ، ލިބުނު ގެއްލުންތައް: އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައިވާ ކަަމަށް ކައުންސިލުން ބުނޭ --

"އަލިފާން ރޯވެ މިހާރު ކޮންޓްރޯލް ކުރެވިއްޖެ. މުޅި ގޭގަ ރޯވެފައި މީހުން ނޫޅެވޭ ވަރު ވެފައި ހުރީ." ނާސިރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ އިތުރު ކައުންސިލަރަކު "ސަން"އަށް ވިދާޅުވީ އެ ގޭގައި ހަތް މީހަކު ދިރިއުޅޭ ކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އެ ސިޓީގެ 'ޝިވާ ގޭ'ގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް އެމްއެންޑީއެފްގެ ބަހެއް ލިބިފައިނުވެއެވެ.

comment ކޮމެންޓް