ފުވައްމުލަކު ކައިރިން ސޯމާލިއާގެ ޑިންގީއެއް އަތުލައިގަނެ، އޭގައި ތިބި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ކަނޑުމަތިން ބެހިގެން ދިޔަކަމަށް ބެލެވޭ ސޯމާލިއާ ބަޔަކު މިއަދު ފުވައްމުލަކަށް ގެނެސްފައިވާތީ, ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއްނުކުރެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އަދި އެ ޑިންގީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި އެއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ ކުރިން ވެސް މިފަދަ ޑިންގީތަކުގައި ސޯމާލިއާ މީހުން ރާއްޖޭގެ ސަރަހައްދުން ވަނީ އަތުލައިގެންފައެވެ.
comment މަކަރޭ
4 month 4 week ago
ދެން އެންމެ އަވަހަށް އައި ޖީ އެމް އެޗްއިން ކުރާނެ އިއްލާނުގައި އޮންނާނީ " .. މި ހޮސްޕިޓަލުގައި ޑަސްޓްބިން ހުސްވެފައިވާތީ ވަރަށް އާޖެންޓްކޮށް މަދުވެގެން 500 ޑަސްބިން ބޭނުންވޭ. ވީމާ އަވަސް ފުރުސަތެއްގައި އެއަދަށް ޑަސްބިން ފޯރުކޮށްދޭނެ ފަރާތްތައް އަންދާސީ ހިސާބު ފޮުނުވުމަށް ހުޅުވާލީމެވެ. "
comment ޝައްކު ފިތުނަ
4 month 4 week ago
ޔަގީން ނުވާ ޚަބަރު ނުލިޔެބަލަ . ޝައްކަު ބަލިން އަޅަމެން މިންޖުކުރައްވާށި އާމީން
comment މަޤްދިސޫ
4 month 4 week ago
އަތުލައިގަންފަ! މީ އެންމެ ރަނގަޅު ބަސްކަމަށް ޤަބޫލެއް ނުކުރެވޭ! ހަމަގައިމުގެސް ދުއްވާފަ އަންނާނެކަމަކަށް ޤަބޫލެއް ނުކރެވޭ!