ނުގަވާއިދުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޖޫރިމަނާ ދެއްކުން އިސްތިސްނާކޮށްފި

ނުގަވާއިދުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޖޫރިމަނާ ދެއްކުން އިސްތިސްނާކޮށްފި

ނުގަވާއިދުން އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޖޫރިމަނާ ދެއްކުން އިސްތިސްނާކޮށް، ވިޔަފާރީގެ ނަމުގައާއި ވިޔަފާރީގެ ބޭނުމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުކޮށް، ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތައް ގެންނަ މީހުން ޖޫނިމަނާކުރުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބޭގޮތަށް ދުންފަތް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

އެ ގަވާއިދަށް ގެނެވުނު އިސްލާހާއެކު ޕޯސްޓު މެދުވެރިކޮށް ނުވަތަ ކުރިއާ މެދުވެރިކޮށް ނުވަތަ އެނޫން ވެސް ގޮތަކަށް ގަވާއިދާ ޚިލާފަށް އެތެރެކުރެވޭ ދުންފަތުގެ ބާވަތްތައް ޖޫރިމަނާ ކުރުމުގެ ބަދަލުގައި ނައްތާލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް މިހާރު ލިބިގެންވެއެވެ.

މީގެ ކުރިން ގަވާއިދު އޮންނަ ގޮތުން ނަމަ، އެތަކެތި ޖޫރިމަނާ ކުރުމަށް ފަހު ނައްތާލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިގެންވެއެވެ.

ޝަރުތުތައް ފުރިހަމަނުކޮށް ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތައް ނައްތާލުމަށް ހިނގާ ޚަރަދަށް އެތަކެތި އެތެރެކުރި ފަރާތުން ޒިންމާވާން ޖެހޭނެއެވެ.

https://sun.mv/198701

ރާއްޖެއިން ބޭރުން އަންނަ 18 އަހަރު ފުރިފައިވާ ފަތުރުވެރިން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރުވާނަމަ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭނެއެވެ.

އަދި ކަސްޓަމްސްގެ ބެލުމުގެދަށުގައި ބެހެއްޓުމަށްފަހު އަނބުރާ ގެންދަންޖެހޭ މުއްދަތުގެތެރޭގައި ނުގެންގޮސްފިނަމަ މޯލްޑިވްސް ކަސްޓަމްސްއިން އެ ތަކެތި ނައްތާލާނެއެވެ.

ފަތުރުވެރިންނަށް އަމިއްލަ ބޭނުމަށް ޑިއުޓީ ނުދައްކައި ރާއްޖެ އެތެރެކުރެވޭ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، 200 ސިނގިރޭޓު ނުވަތަ 25 ބިޑި ސުއްޓާ ނުވަތަ 250 ގްރާމް ދުންފަތެވެ.

މިފަހުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ބަދަލުގެނެސް ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ވަނީ މަތިކޮށްފައެވެ.

comment ކޮމެންޓް