ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން މުހައްމަދު އިސްމާއިލް ގޮވާލައްވައިފި

ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް: އޭނާ ވަނީ ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން ގޮވާލައްވާފައި -- ފޮޓޯ/ މަޖިލިސް

ސިނގިރޭޓު ބޯ މީހުންނަށް އާސަންދަ ނުދޭން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް މިއަދު ގޮވާލައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ސިނގިރޭޓާއި ދުންފަތުން ނަގައި ޓެކްސް ބޮޑުކުރުމާއި އީ-ސިނގިރޭޓު އަދި ވޭޕުން ނަގައި ޓެކްސް ވެސް މަނާކުރާ މުއްދަތާ ހަމައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވަނީ މި ބިލުގެ ބޭނުމަކީ އާމްދަނީ އިތުރުކުރުން ކަމަށް ބައެއް މެންބަރުން ވިދާޅުވާތީ ނުރުހުން ފާޅުކުރައްވާފައެވެ.

"އެއަށްވުރެ މާ މާތް މަގުސަދެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔު މުސްތަގުބަލެއް ގާއިމުކޮށްދިނުމަށްޓަކައި، ޒުވާނުން މި ވޭޕްގެ ތެރޭގައި ހަލާކުވެގެން މިދާ ޖީލު ރަނގަޅުކުރުމަށްޓަކައި މުޖުތަމައަށް ގެނައުމަށްޓަކައި ކުރެވޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/198199

އޭނާ ވިދާޅުވީ، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ބޮޑެތި ބަލިތައްވުމުން ވެސް ބޭސްކުރަންޖެހެނީ އާސަންދައިން ކަމަށެވެ.

"ބޮޑެތި ބަލިތަކަށް އާސަންދަ ބޭނުންކޮށްގެން މި ފަރުވާކުރާ ކުރުން. ސިނގިރޭޓު ބައްލަވާ އެއްވެސް ފަރާތަކަށް އާސަންދައިން ބަލިވެގެން ބޭސްކޮށްނުދިނުން ވެސް، މި ކަން ވެސް މި ބިލުގެ ތެރޭގައި ނިމިގެން އަންނައިރު އޮތުން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިނގިރޭޓު ބުއިމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ސިއްހަތަށް ގެއްލުންހުރި ކަމެއްކަން ރައްޔިތުންނަށް އެބަ އެނގޭ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/198135

ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑިން ނަގައި އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން ހުށަހަޅާފައެވެ. އަދި، ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން ވެސް ވަނީ ހުށަހަޅާފައެވެ.

ރައީސް ވަނީ އެ ބާވަތްތައް ގަނެވޭނެ އެންމެ ހަގު އުމުރު ވެސް 18 އަހަރުން 21 އަހަރަށް މަތިކުރަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރަން ހުށަހަޅާފައިވާއިރު އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް

comment އަހުމަދު

6 month 4 week ago

އަމިއްލަފުޅަށް ފައިސާގޯނި އުފުލިކަމަށް ފަޚުރުވެރިކަމާއި އެކު ދައްކަވާފަ އަނެއްކާ އަނެއްހަކަންތައް. މިފަދަމީހުންނަށްވެސް ބަޔަކު ވޯޓްދީހޮވާފަ މިތިބީ. މިހާރު މިގޮވަނީ އެއްބަޔަކަށް އާސަންދަ ނުދޭން. ސިގިރެޓް ބުޔަސްދިވެހި އައިޑީކާރޑް ލިބިފައިވާ ރައްޔިތުން އާސަންދަ ކީއްކުރަން އެހެންޚިދްމަތްތައްވެސް ލިބެންޖެހޭނެ

comment ށަސ1

6 month 4 week ago

ޑްރަގް ބޭނުންކުރާމީހުނާ ބަނގުރާބޯ މީހުންގެވެސް ކަނޑާލާ

comment ކެކެކެ

6 month 4 week ago

ތިވާގޮތުން މެމްމަބަރުންނަށް ޖެހޭނީ އެމީހުންގެ މުސާރައިން ބޭސްކޮށްދެން. ވޯޓު ލިބޭނީ އޭރުން. ލޮލް

comment ނިމާލު

6 month 4 week ago

ގާނޫނަކުން މަނާނުކުރާހާ ހިނދަކު އާންމު ޚިދުމަތްތަކާ ހައްގުތަކުން ސިނގިރޭޓުބޯމީހުން ތަފާތެއް ނުކުރެވޭނެ. މޮޔަފުޅުވެގެން ނޫޅުއްވާ. ތިޔައުޅުއްވަނީ އަދިވެސް ޖާހިލިއްޔަ ޒަމަނުގަތޯ. ދުންފަތާ ކުޅުނީމަ ވިގޮތް ތާރީޚުގެތެރެއިން ފެންނަންއޮތީ.

reply ލަގަ

6 month 4 week ago

ބަލަގަ ބިލެއްލަިގެން ޤާނޫނަކަށް ހަދާވާހަކައޭ ޤާނޫނު ހަދާ މީހުން އެކިޔަނީ