ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދަނޑުތަކެއް އަޅައިދިން ކޮރެއާ ކުންފުންޏަކަށް 3.3 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ވިލިމާލެއާއި ހުޅުމާލޭގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރުމަށް 2021ވަނަ އަހަރު އެފްއޭއެމް އާއި ކޮރެއާގެ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓޭޑާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމްއިން ފައިސާ ނުދައްކައިގެން، އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައެވެ.
މައްސަލައިގެ ދައުވާގައި ބުނެފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެފްއޭއެމުން ފައިސާ ދައްކާފައިނުވާ ކަމަށާއި، ފައިސާ ދެއްކުމުގައި ލުއިތަކެއް ދިނުމަށް އެ އެސޯސިއޭޝަނުން އެދުމުން، ދެވުނު ލުއިތަކާ އެއްގޮތަށް ވެސް ފައިސާ ދައްކާފައިނުވާ ކަމަށެވެ.
އެހެން ކަމުން ޓީކުއިން ކޮންސްޓްރަކްޝަނުން ވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާއާއި، ފައިސާ ނުލިބުމުން ލިބުނު ގެއްލުމުގެ ބަދަލުގެ އިތުރުން، މި މައްސަލަ ޝަރީއަތަށް ހުށަހެޅުމުން އެކަމަށް ހިންގި ޚަރަދު ވެސް އެއްފަހަރާ ހޯދުމަށް އެދިފައެވެ.
ޓީކުއިން ކޮންސްޓްރަކްޝަނުން ކޯޓުގައި އެދިފައިވަނީ ޖުމްލަ 5.9 މިލިއަން ޑޮލަރު އެފްއޭއެމްގެ އަތުން އެއްފަހަރާ ނަގައިދިނުމަށް އަމުރުކޮށްދިނުމަށެވެ. އެއީ:
- ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު
- ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 500،000 ޑޮލަރު
- މަސައްކަތުގެ އަގަށްވާ 3.3 މިލިއަން ޑޮލަރު
އެފްއޭއެމްއާއި ޓީކުއިން ކޮންސްޓްރަކްޝަނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ އެއްވަސް މާއްދާއެއް ބަޔާންކޮށްފައިނުވާތީ ކޯޓުން ނިންމީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.
އަދި ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ޓީކުއިން ކޮންސްޓްރަކްޝަނުން 500،000 ޑޮލަރު ޚަރަދުކުރީ، ކޮންމެހެން ކުރަން ޖެހިގެން، އެކަށީގެންވާ ހާލަތެއްގައި ނުވަތަ ނޫންތޯ އެނގޭނެ ފަދަ އެއްވެސް ލިޔެކިޔުމެއް އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިނުވާތީ، އެ ފައިސާ ވެސް ނަގައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
އެހެން ކަމުން މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ، ޓީކުއިން ކޮންސްޓްރަކްޝަނުން އެފްއޭއެމްގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ ސާބިތުވާތީ، އެ އެސޯސިއޭޝަނުން ޓީކުއިން ކޮންސްޓްރަކްޝަނަށް ދައްކަން ޖެހޭ 3.3 މިލިއަން އެމެރިކާ ޑޮލަރު އެއްމަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށެވެ.
މި މައްސަލަ ބެއްލެވީ ސިވިލް ކޯޓުގެ ޣާޒީ އަލީ އަބްދުﷲއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެގޮތުން، އެފްއޭއެމްގެ ފައިސާއިން ބައްސާމް ގަތްކަމަށް ބުނާ ދެ އެޕާޓްމަންޓް މާދަމާގެ ކުރިން ފުލުހުންނަށް ހަވާލުކުރުމަށް ވެސް މިދިޔަ ހަފުތާގައި ފުލުހުން ވަނީ ނޯޓިސްފޮނުވައިފައެވެ.
comment ނާރިގު
6 month 3 week ago
އަންހެނުން ގޮވައިގެން މުޅިދުނިޔޭގައި ބުރުޖެހި ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއަރކުރަމުން ދިޔައިރު ހަމަ އެއްވެސް އެއްޗެކޭ ހިތަށްނާރާބާ. މިވަރުގެ ތަނަވަސްކަމެއް ނޫނީ ފައިސާ ހޯދައިގެން މިއުޅެނީ ކިހިނަކުންބާއޭވެސް ހިތަށް ނާރާބާ. ވަރަށް އައްޗިދޯ.
comment ވޯލް
6 month 3 week ago
ކުންފުނިތައް ލައްވާ މަސައްކަތްކޮށްފަ އެމީގުންނަ ދޭން ހުރި ފައިސާއިން މީނަ ޕެންޓްހައުސް ހަދާގެން އަންހެނުންނަށް ކައްކާ ކޯސް ހަދާދީ ރެސްޓޯރެންޓް ހަދައިގެން އުޅެން ލަދެއް ނުގަނޭ. މީނަ އަންހެނުންވެސް ބޮޑު ވަގަކާ އިންދެގެން އުޅެން މީހާރު މުޅި ރާއްޖޭއަށް ތިމާމެންގެ ދެއްކުންތެރިކަންވެސް މިއޮތީ ވައްކަމަކުންކަން މިއޮތީ ފަޅާއަރާފަ.
reply ހެހެ
6 month 3 week ago
އޭނަ އަންހެނުންނައް އޯކޭއޯ ވަގަކައްވިޔަސް. ފެންނުވަރާ މުޅިގައިގަ ރާމާ މަކުނެއްހެން އިސްތަށިހުއްޓަސް ކޮބަޑިވެސް ވާހަކަ ދައްކާއިރު ފެންނަން ހުރިއްޔާއޯ ރަނގަޅީ. ތިމަންނަޔައް ބޭނުންވަނީ އަރާމާ ލައްޒަތާ ފައިސާޔޯ. ކުރާނެ ކަމެއްނެތް ތި ކެފޭ ތީ ޔަގީނުންވެސް އެފް އޭ އެމްގެ ރުފިޔާއިން ހުޅުވާފަ އިންތަނެއް. އޭނާގެ އަންހެނުންގެ ބައިވެރިވުން ކޮންމެވެސް ވަރަކައް ތިކަމުގައި އޮތްކަމައް ފެންނަނީ.