މުދައްރިސުންގެ ޚިޔާލުތަކަށް އިހުތިރާމުކުރާ ސަގާފަތެއް އުފައްދަން ޖެހޭ: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ މުދައްރިސުންގެ ޚިޔާލުތަކަށް އިހުތިރާމުކުރާ ސަގާފަތެއް އުފައްދަން މަސައްކަތް ކުރަން ޖެހޭ ކަމަށް -- ފޮޓޯ/ އެމްޑީޕީ

މުދައްރިސުންގެ ޚިޔާލުތަކަށް އިހުތިރާމުކުރާ ސަގާފަތެއް އުފައްދަން މަސައްކަތް ކުރަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، މުދައްރިސުންނަކީ ގައުމަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމެއްގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔެއް ކަމަށެވެ.

އެމީހުންނަކީ ވިސްނުންތެރިކަމާއި އޯގާތެރިކަން ފުރިހަމައަށް ލިބިފައިވާ ބައެއް ކަމަށާއި ތައުލީމީ ދާއިރާގެ މުހިންމުކަން ދެނެގަންނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.

https://sun.mv/197543

ފައްޔާޒް ވިދާޅުވި ގޮތުގައި، މުދައްރިސުންގެ ޚިޔާލުތަކަށް އެކަށީގެންވާ އަހަންމިއްޔަތު ކަމެއް ދޭން ޖެހެއެވެ. އެގޮތުން، ސިޔާސަތުތައް އެކުލަވާ ފަރާތްތަކުން މުދައްރިސުންގެ ޚިޔާލުތަކަށް އިޙުތުރާމު ކުރާ ސަގާފަތެއް އުފެއްދުމަށް މަސައްކަތް ކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައްޔާޒް ގަބޫލުކުރައްވައެވެ.

ފައްޔާޒް ވަނީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މުދައްރިސުންނަށް މަރުހަބާއާއި ތަހުނިޔާ ދަންނަވާފައެވެ.

https://sun.mv/197547

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ދަރިވަރުން ޒީނަތްތެރިކޮށްދެއްވުމަށް އެދިވަޑައިގެން ޓީޗަރުންނަށް އިރުޝާދު ދެއްވާފައެވެ.

އަދި، މިއަދަކީ މުދައްރިސުން އިސްލާމް ދީނުގެ ހިދާޔަތުގެ މައްޗަށް ގައުމު ތަރުތީބު ކުރަން އަޒުމު އާކުރަންވީ ދުވަސް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް