Ooredoo
Ooredoo

ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން އެޅީ މުހިންމު ފިޔަވަޅެއް، ނަމަވެސް މައްސަލަ ބޮޑުވާނެ: ފައްޔާޒު

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިދާޅުވީ ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން އެޅީ މުހިންމު ފިޔަވަޅެއް، ނަމަވެސް މައްސަލަބޮޑުވާނެ ކަމަށް -- ފޮޮޓޯ/ އެމްޑީޕީ

ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން އެޅީ މުހިންމު ފިޔަވަޅެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ކަންކަމަށް ހައްލު ލިބުނު ނަމަވެސް އެއީ މައްސަލަ ބޮޑު ނިންމުމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

Ooredoo

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދެއް އިއްޔެ ވަނީ އެކުލަވައިލާފައެވެ. އެ ގަވާއިދުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ރުފިޔާގެ ޑިމާންޑު އުފެއްދޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވެސް ރޭ ވިދާޅުވެފައިވެއެވެ.

މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ހުރިހާ އާމްދަނީއެއް ރާއްޖެއަށް ޖަމާކުރުމަށާއި، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރު ހަވާލުކުރުން މަޖުބޫރުކޮށް، ސަރުކާރުން ގެނައި ބަދަލުތަކަކީ، ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނިންމި އެންމެ މުހިންމު ނިންމުން ކަމަށެވެ.

އެކަމުގެ ސަބަބުން ބައެއް ޕްރެޝަރުތަކަށް ލުޔެއް ލިބުނު ނަމަވެސް އެކަން ތަންފީޒުކޮށްފައިވާ ގޮތަކީ މައްސަލަ ބޮޑު ވާނެ ގޮތެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

2022 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ލިބޭ އާމްދަނީގެ އިންސައްތައެއް ދޫކޮށްލަން ޖެހޭ ގޮތަށް، ބޭރު ފައިސާ ހޯދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވަކި ބޭނުންތަކެއް ފުއްދައިދޭނެކަމުގެ ވަކި ގެރެންޓީތަކެއް ދީފައި. ނަމަވެސް، ހިތާމައަކީ އެ ނިންމުން އެމްއެމްއޭއަށް ތަންފީޒު ނުކުރެވުނީ ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމާއި ކޮވިޑް-19 އިން އަރައިގަތުން ފަދަ ތަފާތު ސަބަބުތަކާ ހުރެ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ފައްޔާޒު ވިދާޅުވީ، އެ ފަދަ ބަދަލަކަށް ފަތުރުވެރިކަމުގެ ސިނާއަތް އަދި ތައްޔާރުނުވާ ކަމަށެވެ. އަދި، ހަމައެކަނި އެ ފިޔަވަޅުގެ ސަބަބުން ޑޮލަރުގެ ބާޒާރުގައި ހުރި މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކޮށް، މަނިޓަރީ ޕޮލިސީ އެއްގޮތްކޮށް، ފައިސާ ބަދަލުކުރާ މުއައްސަސާތައް މޮނިޓާކުރުން ހަރުދަނާކުރުމުގެ އިތުރުން އެހެނިހެން ފިޔަވަޅުތައް އަޅައި މެކްރޯ-އިކޮނޮމިކް ބެލެންސް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ނިންމުން މުރާޖައާކޮށް، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރު ނެގުމުގެ ބަދަލުގައި ލިބޭ ބޭރުގެ އާމްދަނީގެ ނިސްބަތަށް އެ ރޭޓު ބަދަލުކުރަން ޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ސިޔާސަތު މިހާރު އޮތް ގޮތުން ފަތުރުވެރިންގެ އަތުން ގިނައިން އާމްދަނީ ލިބޭ ގެސްޓްހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތައް ހަލާކުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާ އެކު ގެސްޓްހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން މެދު ފަންތީގެ ރިސޯޓްތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވަނީ، އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެ، މުސްތަގުބަލުގައި ބޭރުގެ އިންވެސްޓްމަންޓްތައް އައުމަށް ބުރޫއަރާފާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށައި، މިހާރު އަމަލުކުރަމުން އަންނަ ގަވާއިދު މުރާޖައާކުރަން ފައްޔާޒު ވަނީ ގޮވައިލައްވާފައެވެ. އަދި، ކުރިއަށްދާނެ ގޮތާ މެދު ހަރުދަނާ އެއްބަސްވުމަކަށް އައުމަށް ސަރުކާރަށާއި މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރޭ ގެޒެޓުގައި ޝާއިއުކުރި އެ ގަވާއިދުގައި ވާގޮތުން، ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހެއެވެ.

އަދި، ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ވެސް މި ފަދައިން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް، މި ކެޓަގަރީން މާރުކުރަން ޖެހެނީ 25 ޑޮލަރެވެ.

އޭ ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ފަތުރުވެރިން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކެވެ.

ބީ ކެޓަގަރީގައި ހިމެނެނީ ގްރީންޓެކްސް ދައްކަންޖެހޭ ޓޫރިސްޓު ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.

މި ގަވާއިދުގައިވާ ގޮތުން އެމްއެމްއޭއަށް ހުށަހަޅައިގެން ވަކި ހާލަތެއްގައި މަދުން ޑޮލަރު މާރުކުރުމުގެ ހުއްދަ ދޭނެއެވެ.

Redstar
comment ކޮމެންޓް

comment ޟަޓީ

6 month 2 week ago

ގަޓް ހުރުމަކީ މީ. މޮޅުއަނގަ ތެޅުމެއް ނޫން.

comment ނޫރު

6 month 2 week ago

5 ރިސޯޓް އޯނަރުން ބޭނުންވާގޮތަކަށް ނޫން. ރާއްޖެ ހިގަންވާނީ، 51 އަހަރުވީ ޓުއަރ ރިޒަމް މަށަކަށް ނުލިބޭ Dollar އެއް . އަދިވެސް ހަރުކަށިވާންވީ.

comment ރެކިފުތާ

6 month 2 week ago

އެއްވެސް ވިޔަފާރި ވެރިއަކު އެމީހުނައް މޮޅުނޫންގޮތެއް ވާންއުޅޭހެން ހީވަންޔާ ފުންމައިގެން ތެދުވާނެ އެކަންކުރިންވެސް އެނގޭ. އަނެއްކޮޅުން މީގަ ބަޔަކު ތައްޔާރު ވާންޖެހޭވަރުކަމެއްނެތް، މިހާރުވެސް އަންނަ ކޮންމެ ގެސްޓެއް ލާރިދައްކަނީ ޑޮލަރުން، ދެން އެލިބޭ ޑޮލަރު ބޭންކައް ޖަމާކުރަން އަދި ބޭންކައް ޑޮލަރު މާރުކުރުން. ދެން މީގަ ބޮޑު ހަރަދެއްކޮއް ތައްޔާރިތަކެއްވާން ޖެހޭ މާބޮޑުކަމެއް އެބައޮއްތަ؟ އެހެނެއްނޫން، ޓެކްސްއަށާ އެހެންކަންކަމައް މިހާރުވެސް އޮޅުވާލާ މީހުން ތަންފުކެއްއިތުރައް ވިސްނާލަން މަޖުބޫރުވެދޭނެ

comment ނުކިޔަވާ މީހާ

6 month 2 week ago

މި ފައްޔާޒަކީ ދެން ހާދަ ބޮޑު އަނގައެކޭ ދޯ!!!!!!

comment ކޭވަރުބެ

6 month 2 week ago

ސަރުކާރު ހަރަދު ކުޑަކުރަން ގޮވާއިރު ކަލޭމެންގެ ސަރުކާރު ހަރަދު ބޮޑުވެފަ އެއްވެސް ފިޔަވަޅެއް ނޭޅުމަކީ ނާގާބިލް ކަން އަދި ކޮވިޑޭ ކިޔައިފަ ނިންމާލަނީ ބަލަގަ ތިޔަބޭފުޅުން ކޮވިޑްގަ ވެސް ކުރީވައްކަން ކީއްވެ އެވާހަކަ ނުބުނީ

comment އަހްމަދުު

6 month 2 week ago

ހެހެހެ... 5 އަހަރުން މަނިކުފާނަށް ކުރެވުނު ކަމަކީ ނުކަތާ ވަރަށް އިންޓަރެސްޓް ބޮޑުކޮށް ލޯނު ނެގުން، ފައިސާ ޗާޕުކުރުން - ނަތީޖާއަކަށްވީ ރުފިޔާގެ އަގުވެއްޓި، ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ދުވަހަކުވެސް ނުވާވަރުވުން.... ސޯ ކައިންޑްލީ ޝަޓް ޔުއަރ މައުތު.