Ooredoo
Dhiraagu

ޖައުފަރު އެންމެ ފަހުން ފެނުނީ މަސް ބާނަން ހުއްޓާ

އިބްރާހީމް ޖައުހަރީ (ޖައުފަރު/ ޖޯރޭ): އޭނާ އެންމެ ފަހުން ފެނިފައި ވަނީ އުސްފަސްގަނޑު ކައިރީ މަސް ބާނަން ހުއްޓާ --

މާލޭގެ އުސްފަސްގަނޑު ކައިރީ ކަނޑުމަތީގައި މިއަދު މަރުވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖައުފަރު/ ޖޯރޭ) އެންމެ ފަހުން ފެނިފައި ވަނީ އެ ސަރަހައްދުގައި މަސް ބާނަން ހުއްޓާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ADK GENERAl

ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވި ޖައުފަރަކީ މަސްބޭނުމަށް ލޯބިކުރި، ހުސް ވަގުތުތަކުގައި އާންމުކޮށް މަސްބާނަން ދާ މީހެކެވެ.

އުސްފަސްގަނޑު ކައިރިން މިއަދު ޖައުފަރުގެ ހަށިގަނޑު ފެނުނީ ހަވީރު 17:06ހާއިރެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ޖައުފަރުގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން: އޭނާ ބޭނުންކުރި ކަމަށް ބެލެވޭ ބާލިދީއާއި ކޮތަޅު -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އުސްފަސްގަނޑު ސަރަހައްދުން "ސަން"އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ޖައުފަރު އެ ދިމާލުގައި މަސް ބާނަން ހުއްޓާ މިއަދު ހަވީރު ފެނިފައިވެއެވެ. އެގޮތުން އޭނާ ގެންގުޅުނު ކަމަށް ބެލެވޭ ބާލިދީއަކާއި ރަތް ކޮތަޅެއް އެ މީހާ ދެއްކިއެވެ.

އެ ބާލިދީގައި އެން ހުރި ކަމަށާއި ކޮތަޅުގައި ހުރީ މަސް ބާނަން ބޭނުންކުރާ ބުޅި ކަންވާރު ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ ތަނުގައި އޮތް ފައިވާނާއި ބައެއް ތަކެތި ގެންދާ މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ފެނިފައިވެއެވެ.

ޖައުފަރުގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން: ފުލުހުން ވަނީ އެ ސަރަހައްދުން ޖައުފަރަށް ނިސްބަތްވާ ކަމަށް ބެލެވޭ ބައެއް ތަކެތި ގެންގޮސްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ނޫސްވެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޖައުފަރަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، މުޒާހަރާތަކާއި އެއްވުންތަކުގައި ވީޑިއޯގްރާފަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ މީހެކެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދުކޮށް، ފަހުން އޭނާ ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ މެންބަރަކަށް ވެފައެވެ.

އިސްލާހީ މަސައްކަތްތަކުގައި އުޅުނުއިރު، އޭނާއަށް ޖަލު ބަންދުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ.

ޖައުފަރުގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން: އޭނާ އެންމެ ފަހުން ފެނިފައި ވަނީ މަސްބާނަން ހުއްޓާ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ޖައުފަރު އާމްދަނީ ހޯދަން އާންމުކޮށް ކުރި މަސައްކަތަކީ ފެން މޯޓަރާއި ދޮންނަމެޝިން މަރާމާތު ކުރުން ފަދަ މަސައްކަތްތަކެވެ.

ފުލުހުން އަންނަނީ ޖައުފަަރުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Redstar
comment ކޮމެންޓް

comment ل م

6 month 4 week ago

انا لله وانا اليه راجعون اللهم اغفر له وارحمه މާތް ﷲ ޖައުފަރަށް ފާފަ ފުއްސަވާ ހެޔުރަހުމަތް ލައްވާ އާއިލާޔަށް ކެއްތެރިކަން މިންވަރު ކުރައްވާށި !

comment ދދ

6 month 4 week ago

ކުރިން ކަނޑުން ލައްގަނީ މަރުވެފައިވާ މަސް ! މިއަދު ލައްގަނީ މަރުވެފައިވާ އިންސާނުން! ހާދަ ހިއްދަތި ކަރުނަ އަޅަން ޖެހޭކަންކަން ، މިފަދަ ގޮތަކަށް އިންސާނުނަށް ވާންް މިޖެނީ ކީއްވެބާ ، މައިން ބަފައިން މުސްކިޅިވީމާ ދަރިން އަޅާނުލާ އެކަނި ހިއްދަތި ކަމުގައި އުޅެން ޖެހެނީބާ ! އަންބިވެސް ފިރިމީހާ މުސްކުޅިވީމާ ދޫކޮށް ދަނީބާ ! ފިރިން އަންބިމީހާ މުސްކުޅިވީމާ ދޫކޮށް ދަނީބާ !

comment ބެއްޔާ

6 month 4 week ago

އިސްލާހީމަސައްކަތެއްނޫން ގައުމުފަސާދަކުރުން