ތަސްލީމް ގެއްލުނުތާ މަހެއް: އޭނާގެ ހިލަމެއް ވެސް ނެތް

ތަސްލީމް މުޙައްމަދު: އޭނާ ގެއްލުނުތާ މަހެއްވީއިރު އެއްވެސް ހިލަމެއް ނެތް ކަމަށް ފުލުހުން ބުނޭ ---

ރައްޓެހިންނާ އެކު ދަތުރުގޮސް އުޅެނިކޮން ގެއްލުނު މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ގެއްލިގެން ހޯދާތާ މަސް ދުވަސް ވެގެން ދިޔައިރު ވެސް އެނާ ފެނިފައިނުވާ ކަމަށާއި ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓައިނުލާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮން ގެއްލުނު ތަސްލީމު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.

"ސަން"އަށް މައުލޫމާތު ދެމުން ފުލުުން ބުނީ، ތަސްލީމް ހޯދުމުގެ މަސައްކަތައް މިހާތަނަށް އައިރު އެއްވެސް އަޕްޑޭޓެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ޑައިވް ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

"އަދި ހަމަ ނުލިބޭ އެއްވެސް އަޕްޑޭޓެއް،" ތަސްލީމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އެކަމަކު، އެމްއެންޑީއެފާ ގުޅިގެން ހޯދުމުގެ މަސައްކަތް އެބަކުރެވޭ އަދިވެސް. ޑައިވް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވޭ،"

https://sun.mv/196285

އެ އޮޕަރޭޝަނާ ގުޅިގެން އެމްއެންޑީއެފުން އެންމެ ފަހުން ބުނެފައިވަނީ ގެއްލުނު ދުވަހުން ފެށިގެން މި މަހުގެ ހަތްވަނަ ދުވަހާ ހަަމައަށް 1،050،000 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވާ ކަމަށެެވެ. ނަމަވެސް، އޭގެ ފަހުން ހޯދާ، ބެލުނީ ކިހާ ސަރަހައްދެއް ކަމެއް އެމްއެންޑީއެފުން ވެސް ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ތަސްލީމް ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން އެދޭނެ ކަމަށް ވެސް ބުނެފައެވެ. މި ނޯޓިސްއަކީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ނެރެވޭ ނޯޓިސްއެކެވެ. އެކަމަކު، އެ ނޯޓިސް އަދި ނެރެފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތަސްލީމް މާލެއިން އެ ފަސްގަނޑަށް ގޮސްފައިވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާ އެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހު 17:00 އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.

އެ ދަތުރުގައި އޭނާ ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބައެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

https://sun.mv/196724

އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް އެ ފަސްގަނޑުގައި ތިބި ކަމަށާއި އޭނާ އެ ތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00އާ ދޭތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10:00 އާއި 11:00އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އެ މީހުން އޭނާގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް