އަންހެން ވިޔަފާރިވެރިންނަށް 100 މިލިއަން ދޭން ކްރިއޭޓިވް އިކޮނޮމީ ފަންޑު އިފުތިތާހުކޮށްފި

ސްޓާޓްއަޕް ލޯނަށް އަންހެނުންނަށް 100 މިލިއަން ރުފިޔާ ލިބޭ ގޮތަށް ކްރިއޭޓިވް އިކޮނޮމިކް ފަންޑު ލޯންޗުކޮށްދެއްވަނީ ----- ސަން ފޮޓޯ/ މޫސާ ނަދީމް

އަންހެނުން ވިޔަފާރި ފަށައިގަތުމަށް 100 މިލިއަން ރުފިޔާ ލިބޭ ގޮތަށް ކްރިއޭޓިވް އިކޮނޮމީ ފަންޑު މިރޭ އިފުތިތާހުކޮށްފިއެވެ.

އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަންޑު އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

އެ ފަންޑަށްއެދި ހުށަހެޅުމަށް އަންނަ މަހުގެ 10ވަނަ ދުވަހު ހުޅުވައިލާއިރު، މި ފަންޑުގެ ތެރެއިން ކޮންމެ ފަރާތަކަށް ބައިލައްކަ ރުފިޔާއާއި ތިން ލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިސާ ނެގުމަށް ހުށަހެޅޭނެއެވެ.

އޭގެއިތުރުން، މި ފަންޑުގެ ތެރެއިން ސްޓާޓަޕް ލޯނަށް އަންހެނުންނަށް 100 މިލިއަން ރުފިޔާ އެދި ހުށަހެޅޭނެއެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ސްޓާޓަޕް ލޯނަށް އަންހެނުންނަށް 100 މިލިއަން ރުފިޔާ ލިބޭ ގޮތަށް ކްރިއޭޓިވް އިކޮނޮމިކް ފަންޑު ލޯންޗުކޮށްފި --- ސަންފޮޓޯ/ މޫސާ ނަދީމް

މިއަހަރު އެ ފަންޑުގެ ތެރެއިން ފޯކަސް ކުރާނީ ފިލްމުތަކާއި މިއުޒިކްތައް އުފެެއްދުމަށާއި އާޓް އެންޑް ކްރާފްޓުގެ ދާއިރާއަށާއި ކޮންޓެންޓު ކްރިއޭޓިންގެ ދާއިރާއަށެވެ. އަދި، އަންނަ އަހަރުގެ އިތުރު ދާއިރާތަކުން މި ފަންޑުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ސަރުކަރާ ހަވާލުވިއިރު، މާލީ ބައެއް ދަތިތައް ހުރިކަމަށެވެ. ނަމަވެސް، އެ ގޮންޖެހުންތަކާ އެކުގައި ވެސް ޒުވާނުންނާއި ފަންނުވެރިންގެ ހުނަރު ހުއްޓިފައި އޮތުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސްގެ މެނިފެސްޓޯއާ ގުޅުވައި ކެބިނެޓްގައި ކްރިއޭޓާ އިކޮނޮމީއަކާއި ޑިޖިޓަލް އިކޮނޮމީއެއް ގާއިމުކުރުމަށް ރައީސް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވިކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އިކޮނޮމީގެ ގާތްގަނޑަކަށް އަޅުގަނޑުމެން އެންމެން ބަރޯސާމިވާ ޓުއަރިޒަމް އިންޑަސްޓްރީ ވަރުގަދަ ކުރުމާއެކު އަދި އެކްސްޕޭންޑު ކުރުމާއެކު މިކަން ކުރުން. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

https://sun.mv/194543

އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ތައާރަފު ކުރުމަކީ ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ.

https://sun.mv/184741

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ވަނީ އާޓު ކުރިއެރުވުމަށާއި ދަސްކުރަން ބޭނުންވާ މީހުންނަށާއި ޖަމިއްޔާތަކަށް އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ހިލޭ އެހީގެ ގޮތުގައި 25 މިލިއަން ދޫކުރާނެކަމަށް ވިދާޅުވެފައެވެ. އަދި، އާޓިސްޓުންގެ މަސައްކަތް ވިއްކުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭރު ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް