އެފްޓީއޭއަށް އަމަލު ކުރަން ފެށުމުން، ޗައިނާއާއި ރާއްޖެއާ ދެމެދު އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ: ހީނާ

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު: އެފްޓީއޭއަށް އަމަލު ކުރަން ފެށުމުން، ޗައިނާއާއި ރާއްޖެއާ ދެމެދު އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ޗައިނާއާއި ރާއްޖެއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލު ކުރަން ފެށުމުން ދެ ގައުމުގެ ދެމެދުގައި އަހަރެއްގެ މައްޗަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ހީނާ ވިދާޅުވީ، އެފްޓީއޭގެ އެގްރިމަންޓާއެކު ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމަށެވެ.

އޭގެތެރޭގައި، ޚިދުމަތް ހޯދުމުގައި ދިވެހި ރުފިޔާ ބޭނުންކުރެވުމާއި މުދާ ގަތުމުގައި ޑޮލަރަށް ބަރޯސާވާ މިންވަރު ދަށްވެ، ޗުއްޓީއަށް ދަތުރުފަތުރުކުރާ ފަރާތްތަކަށް ޑޮލަރުން ކުރާ ޚަރަދުތައް ރުފިޔާއިން ކުރެވޭނެ މަގުފަހިވުމުގެ އިތުރުން އެހެނިހެން ކަންކަމަށް ވެސް މަގުފަހިވެފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ވެސް ޒިޔާރަތްކުރާ ގައުމުކަމަށްވާ ޗައިނާއާއި ރާއްޖެއާ ދެމެދު 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވޭ ކަމަށެވެ. ނަމަވެސް، އެފްޓީއޭގެ އެއްބަސްވުމާއެކު ދެ ގައުމުގެ ތެރޭގައި ވިޔަފާރި ކުރެވޭ ޑޮލަރުގެ އަދަދު މަތިވާނެ ކަން ހީނާ ފާހަގަކުރައްވާފައިވެއެވެ.

އެހެން ނަމަވެސް ދިވެހިރާއްޖެއާއި ޗައިނާއާ އެކީގައި މިހާރު އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނާއި ހަމަ އެހެންމެ އެފްޓީއޭއަށް އަމަލު ކުރަން ފެށުމާ ގުޅިގެން އެއް ބިލިއަން ޑޮލަރަށް މި ވިޔަފާރީގެ އަދަދު މަތިވެގެންދޭ

މިދިޔަ ހުކުރު ދުވަހު ސަރުކާރުން ވަނީ، ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ)އާ އެކު ކަރަންޓު އެކައުންޓު މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރަން މަގުފަހިކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

https://sun.mv/196699

އިންޑިއާއިން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ހުށަހަޅާފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް