ނޫސްވެރިކަމުގެ އެވޯޑް އަންނަ މަހުގެ 28ގައި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ "ނޫސްވެރިކަމުގެ އިނާމު 2023" ގެ ޙަފްލާ އަންނަ އޮކްޓޯބަރު މަހުގެ 28 ގައި ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ރޭ 20:30 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސްހޯލްގައި ކަމަށެވެ.

މި އިނާމު މިފަހަރު ދޭން ހަމަޖެހިފައި ވަނީ ނޫސް މަޖައްލާ ކެޓަގަރީއާއި އޯޑިއޯ އަދި ވީޑިއޯ ޖާނަލިޒަމް ކެޓެގަރީ ހިމެނޭހެން 18 ދާއިރާއަކުންނެވެ.

މިއަހަރު ބާއްވަނީ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ 11 ވަނަ ޙަފްލާއެވެ. މި ފަހަރު އިނާމަށް 18 ދާއިރާއަކުން 86 ހުށަހެޅުން ލިބިފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ނޫސްވެރިކަމުގެ އެވޯޑް މިފަހަރު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި:

• ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
• އިޖުތިމާޢީ ދާއިރާ
• ސިޔާސީ ދާއިރާ
• ޝަރުޢީ އަދި ޤާނޫނީ ދާއިރާ
• ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
• ކުޅިވަރުގެ ދާއިރާ
• ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
• ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާ
• ގްރެފިކްސްއާއި އިލެސްޓްރޭޝަންސްގެ ދާއިރާ
• ފީޒާ ރިޕޯޓުގެ ދާއިރާ
• ތާރީޚާއި ސަގާފަތުގެ ދާއިރާ
• މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
• ތިމާވެށްޓާއި ދެމެހެއްތެނިވި ތަރައްޤީގެ ދާއިރާ
• އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
• އުންމީދީ ނޫސްވެރިޔާގެ އިނާމު
• އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
• އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
• އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ އިނާމު ދެމުންނެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.

comment ކޮމެންޓް