ފަތުރުވެރިންތަކެއް ރަސްދޫގައި ބަރަހަނާ ވީޑިއޯ ހެދި މައްސަލަ ފުލުހުން ބަލަނީ

އއ. ރަސްދޫ:ރަސްދޫގައި ބަރަހަނާ ވީޑިއޯ ހެދި މައްސަލަ ފުލުހުން ބަލަނީ ----

އއ. ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ވީޑިއޯ ހެދި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އެފަދަ މައްސަލައެއް ނުވަތަ އެފަދަ ޝަކުވާއެއް ވެސް އަދި އެ އިދާރާއަށް ރަސްމީކޮށް ލިބިފައި ނުވާކަމަށެވެ.

ނަމަވެސް، ސޯޝަލްމީޑިއާގައި މިފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންތަކެއް ރަސްދޫގެ މަގުތަކުގައާއި އާންމު ތަންތަނުގައި ބަރަހަނާ ވީޑިއޯ ކުޅުމަށްފަހު އިންޓަނެޓްގައި އާންމުކޮށްފައިވާ މައްސަލައެއް ފެންމަތިވީ މިއަދުއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލް މެމްބަރު އަބްދުލްޖަލީލް މޫސާ ވިދާލުވީ، އެފަދަ ވާހަކަތަކެއް ސޯޝަލްމީޑިއާއިން ފެނިފައި ވާކަމަށެވެ. ނަމަވެސް، އެފަދަ ހަރަކާތެއް ފަތުރުވެރިން ހިންގަނިކޮށް ރަށު ރައްޔިތުންގެ ސަމާލުކަމަށް ނާންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިއީ ފަހުގެ ތާރީޚެއްގައި ހިނގާފައި ވާކަމެއް ކަމަށެވެ.

comment ކޮމެންޓް