ގެސްޓް ހައުސްއެއް ތެރޭ ޒަޚަމުކޮށްލާފައި އޮތް މީހަކު ފެނިއްޖެ

ޕޮލިސް ޓޭޕް: މާފަންނުގައި ހުރި ގެސްޓް ހައުސްއެއް ތެރޭ ޒަޚަމުތަކަކާ އެކު އޮތް މީހަކު ވަނީ ފެނިފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ހެންވޭރުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރެއިން ޒަޚަމުކޮށްލާފައި އޮތް ދިވެހި ފިރިހެނަކު މިއަދު ފެނިއްޖެއެވެ.

މި ހާދިސާގައި ޒަޚަމުވެފައި އޮއްވައި ފެނުނީ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ހެންވޭރުގައި ހުރި ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކޮޓަރިއަށް ވަދެ ބެލިއިރު، އެ މީހާ ޒަޚަމުތަކަކާ އެކު އޮތް ކަމަށެވެ.

އެ މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ފުލުހުން މިހާރު ވެސް އަންނަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.

ގެސްޓްހައުސްއިން ފެނުނު މީހާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް