އޭސީސިގެ ނަމުގައި ފޭކު ރިޕޯޓުތަކެއް ދައުރުކުރާ މައްސަލަ ވެސް ފުލުހުން ބަލަނީ

އޭސީސީގެ ރައީސް އާދަމް ޝާމިލް: އޭސީސިގެ ނަމުގައި ފޭކު ރިޕޯޓުތަކެއް ދައުރުކުރާ މައްސަލަ ވެސް ފުލުހުން ބަލަނީ -- ސަން ފޮޓޯ/ އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނަމުގައި ފޭކު ރިޕޯޓުތަކެއް ދައުރުކުރާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އޭސީސީން ވަނީ އެ ކޮމިޝަންގެ ނަމުގައި ފޭކު ރިޕޯޓުތަކެއް ދައުރުވާތީ އެ މައްސަލަ ބަލަން އެދިފައި ކަމަށެވެ.

މި މައްސަލައިގައި އޭސީސީން ބުނީ، އެ ކޮމިޝަނުގެ ލޯގޯ ހިމަނައިގެން ކޮމިޝަނުގެ ރަސްމީ ލިޔެކިޔުންކަމުގައި ދެއްކުމަށް މީސްމީޑިއާގައި ފަތުރަނީ އެކޮމިޝަނުގެ ލިޔެކިޔުން ނޫންކަމަށެވެ.

"ރައްޔިތުންނަށް އޮޅުވައިލައި ދޮގު މައުލޫމާތު ފެތުރުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއްކަމުގައި ދަންނަވަން،" އޭސީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން މިއަދު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓެއް ކަމަށް ބުނެ ދައުރު ކުރަމުންދާ ރިޕޯޓުގެ މައްސަލަ ވެސް ތަހުގީގުކުރަން ފަށައިފައެވެ.

https://sun.mv/196333

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މީސް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ، ޔާމީން ހައްޔަރުކުރުމަށް ނެރުނު ކަމަށް ބުނާ ސައްހަ ނޫން ކޯޓު އަމުރަކާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓް ކަމަށް ބުނެ ދައުރުކުރަމުންދާ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ.

comment ކޮމެންޓް