ކާރު އެކްސިޑެންޓް: ޑްރައިވަރު އަލުން ހައްޔަރުކޮށްފި

ހުޅުމާލޭގައި ސައިކަލުގައި މަޑުކޮށްލައިގެން އިން މީހެއް ގައިގައި ޖެހުނު ކާރުގައި ތިބި ތިން މީހުން: އެ ކާރު ދުއްވި އިކުރާމް މިނިވަންކުރަން ހައިކޯޓުން އިއްޔެ ހުކުމްކުރިއިރު މިހާރު އަލުން އޭނާވަނީ ބަންދުކޮށްފައި --

ގަވާއިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބުރާހިމް އިކުރާމް, ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ މެންދަމު ވިދާޅުވެއްޖެއެވެ.

އެ އެކްސިޑެންޓުވި ކާރު ދުއްވަން އިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.

އިކްރާމް މައްސަލަ އިސްތިއުނާފު ކުރީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގާނޫނީ ވަކީލެއް ނެތި ކަމަށް ބުނެއެވެ.

އޭނާ ބަންދުން ދޫކުރުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން ނުރުހުން ފާޅުކުރަމުން ދަނިކޮށް އިހުސާން އިއްޔެވަނީ އެ ކަމުގައި ފުލުހުން އަމަލުކުރި ގޮތް ބަލައި، އަލުން އޭނާ ބަންދުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

https://sun.mv/196243

އިހުސާން ވިދާޅުވީ، އެކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް އެޕާޓްމެންޓުތައް ކައިރީ ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ. އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ.

comment ކޮމެންޓް