ބާ އުޅަނދުތައް ނަގައި ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސާފުކޮށް، ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން ފަށައިފި: މި މަސައްކަތް ކުރަނީ އެޗްޑީސީއިން އެހެން އިދާރާތަކާ ގުޅިގެން -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސާފުކުރުމަށް ޓަކައި އެ ސަރަހައްދުގައި ހުރި ގިނަ ދުވަސްވީ ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެކަމަކީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި މަސައްކަތެއް ކަމަށެވެ.

އެގޮތުން އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި، ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް، ކަމާބެހޭ އިދާރާތަކާއި ގުޅިގެން އެޗްޑީސީއިން ދަނީ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ވެމްކޯއިން ވެސް ވަނީ ބައިވެރިވެފައެވެ.

މާލެ ސިޓީ ކައުންސިލުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި އެޗްޑީސީން ފެށި މި މަސައްކަތުގައި އެ ކައުންސިލުން ބައިވެރިވެ، އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ މަގުތަކާއި އެކި ސަރަހައްދުތައް ސާފުކުރާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދިނެވެ.

comment ކޮމެންޓް