އަލިފާނުގެ ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް ފަރުވާ ދެނީ

އައިޖީއެމްއެޗް ހޮސްޕިޓަލް: އަލިފާނުގެ ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް ފަރުވާ ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް ފަރުވާދެމުން ދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ގ. ސެންޓުގެ ގޯޅިތެރޭގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހަކު ފިހިފައި ވާކަމަށެވެ.

އަދި މިހާދިސާގައި ފިހުނު ދެމީހުން އޭޑީކޭ ހޮސްޕިޓަލަށާއި އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމުގެ މައުލުމާތު ލިބިފައި ވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެކަކަށް ދުމުގެ އަސަރު ވެސް ކޮށްފައި ވާކަމަށެވެ.

ހޮސްޕިޓަލްތަކާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، އައިޖީއެމްއެޗަށް ގެންދެވުނު ބަންގްލަދޭޝް މީހާގެ ހަ ޕަސެންޓް އަދި އޭޑީކޭއަށް ގެންދެވުނު އިންޑިއާ މީހާގެ ތިން ޕަސެންޓް ފިހިފައި ވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިރޭ 08:43 ހާއިރު ކަމަށެވެ.

https://sun.mv/195949

މި ހާދިސާގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް