މާލޭގައި އަލިފާނުގެ ހާދިސާއެއް، ދުމުގެ އަސަރުކޮށް އެކަކު ހޮސްޕިޓަލުގައި

މާލޭގައި އަލިފާނުގެ ހާދިސާއެއް، ދުމުގެ އަސަރުކޮށް އެކަކު ހޮސްޕިޓަލުގައި --- ސަންފޮޓޯ/ ނާއިލް ހުސައިން

ގ. ސެންޓުގެ ގޯޅިތެރޭގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިރޭ 08:43 ހާއިރު ކަމަށެވެ.

އެ ގޭގައި ރޯވި އަލިފާން މިހާރު ނިއްވާލެވިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އަލިފާނުގެ ދުމުގެ އަސަރުކޮށް އެކަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް