ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ 21 ދާއިރާއަކަަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު 14:30 ގައެވެ.
މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މިރޭގެ 21:00 އާހަމައަށެވެ.
ބައި-އިލެކްޝަނުގައި ވޯޓުލުން ކުރިއަށްދާ ދާޢިރާތައް:
* އިހަވަންދޫ ދާއިރާ
* ދިއްދޫ ދާއިރާ
* ކެލާ ދާއިރާ
* އުނގޫފާރު ދާއިރާ
* އިނގުރައިދޫ ދާއިރާ
* ހުރާ ދާޢިރާ
* މާމިގިލީ ދާއިރާ
* ދަނގެތި ދާއިރާ
* ކޮލަމާފުށި ދާއިރާ
* ފަރެސްމާތޮޑާ ދާއިރާ
* މެދުހެންވޭރު ދާޢިރާ
* ހެންވޭރު އުތުރު ދާއިރާ
* ގަލޮޅު އުތުރު ދާއިރާ
* މައްޗަންގޮޅި އުތުރު ދާއިރާ
* މާފަންނު އުތުރު ދާއިރާ
* ހެންވޭރު ހުޅަނގު ދާއިރާ
* ހުޅުމާލެ މެދު ދާއިރާ
* ހުޅުމާލެ އުތުރު ދާއިރާ
އަތޮޅުތެރޭގެ 24 ރަށެއްގައި މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާއިރު މާލެ ސަރަހައްދުގައި ވޯޓުލުން ކުރިއަށްދަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ.
މާލޭގައި ވޯޓު ފޮށިބަހައްޓަން މީގެ ކުރިން ހަމަޖެހިފައި އޮތީ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލުގައެވެ. އެ ލޮކޭޝަން ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލަށް ބަދަލު ކޮށްފައި ވަނީ މިއަދު އެމްއެންޑީއެފްގެ ޕެރޭޑަށް އެ ދެ ސްކޫލް ނަގާފައި ވާތީ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.