ކާރު އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދަށް

ކާރު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން --

ގަވާއިދާ ހިލާފަށް ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި އިއްޔެ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ކާރުގައި އިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި ވަނީ، އިކްރާމުއްރަހްމާނާއި އިބްރާހީމް އިކްރާމް ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ޖިނާހް އިސްމާއީލްގެ ބަންދަށް ހުޅުމާލޭ ކޯޓުން 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން އިކްރާމުއްރަހްމާން ބުނީ، އޭނާ އިނީ ކާރުގެ ފަހަތު ސީޓުގައި ކަމަށެވެ. އަދި އޭނާގެ ދަރިއެއް ހުންނަކަމަށާއި މިހާރު އުޅެނީ ވަރަށް ޒިންމާދާރުކޮށްކަމަށް ވުމުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އޭނާ އެދިފައި ވެއެވެ.

މުއްދަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން އިކްރާމް ބުނީ، އެކްސިޑެންޓުގެ ސަބަބުން އޭނާގެ މެއަށް ވަރަށް ބޮޑަށް ތަދުވެފައި ވާކަމަށެވެ. އެހެންކަމުން އޭނާ އެކްސިޑެންޓުވި ސީންގައި އިރުގަނޑަކު ހުރެފައި ދިޔައީކަމަށް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް، އެކްސިޑެންޓުވުމާއި އަނިޔާވި މީހާ އެމްބިއުލާންސަށް އެރުވުމާ ދޭތެރޭ ހިނގީ 10ވަރަކަށް މިނިޓުކަމުން އެދެމެދުގައި ގިނަ އިރުތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިކްރާމް ބުނީ، އޭނާގެ ދެ ދަރިން ހުންނަ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އޭނާ ވަނީ އެދިފައެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

އެކްސިޑެންޓު ހިނގުމާއެކު ކާރުގައި ތިބި މީހުން ފިލިކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާއަށް މިވަގުތު ފަރުވާ ދެނީ އައިޖީއެމްއެޗުގެ ވޯޑުގައެވެ. އެކްސިޑެންޓުގައި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ގައިގެ ތަންތަން މަށައިގެން ގޮސް މޫނުމަތީގެ ކަށިތައް ބިނދިފައިވުން ހިމެނެއެވެ.

https://sun.mv/194971

އެއީ އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނެކެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ޒުވާނާ ސައިކަލު މަތީގައި އިންދާ އެހެން މަގަކުން ނުކުމެގެން އަންނަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންގޮސް ސައިކަލުގައި ޖެހޭ މަންޒަރެވެ.

އެ ކާރު ގޮސް ސައިކަލުގައި ޖެހުމުން ސައިކަލުގައި އިން މީހާ ދިޔައީ ވިއްސައިގެންނެވެ. ކާރުގެ ސްޕީޑުގެ ބާރުކަން އެނގެނީ ގަހުގައި ޖެހި ގަސް ވެސް ބިންދައިގެން ދިއުމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް