ސަރުކާރުގެ އަމާޒަކީ ކުންފުނިތަކަކީ އިތުބާރު ލިބިފައިވާ ޒަމާނީ ތަންތަނަށް ހެދުން: ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު: ސަރުކާރުގެ އަމާޒަކީ ކުންފުނިތަކަކީ އިތުބާރު ލިބިފައިވާ ޒަމާނީ ތަންތަނަށް ހެދުން ކަމަށް ވިދާޅުވި --

ސަރުކާރުގެ ކުންފުނިތަކަކީ އިތުބާރު ހިފޭ ޒަމާނީ ތަންތަނަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑެއިގެންނެވި އިރު ގިނަ ކުންފުނިތަކުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ.

މިސާލެއްގެ ގޮތުން ސައީދު ވިދާޅުވީ، ރައީސަށް ވެރިކަން ލިބިވަޑައިގެންނެވިއިރު ފެނަކަ ކޯޕަރޭޝަން އޮތީ އެތައް ބިލިއަން ރުފިޔާއަކުން ދަރާ، ކުންފުނީގެ މާލީ ހާލަތު ނަގާ ކޮޅަށް ނުޖެހޭ ހާލަތުގައި ކަމަށެވެ.

އެސްޑީއެފްސީ: މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުންފުނިތަކަކީ އިތުބާރު ލިބިފައިވާ ޒަމާނީ ތަންތަނަށް ހެދުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެހެންވެ، އެފަދަ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ގަބޫލު ކުރާ ފެންވަރުގެ ޒަމާނީ ކުންފުނިތަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ސައީދު ވިދާޅުވިއެވެ.

ހަމައެކަނި ދިވެހި ބޭފުޅުންނެއް ނޫން. ކުންފުނިތަކުގެ ހާލަތު ބަދަލު ކުރެވޭނެ ޒަމާނީ ފެންވަރަށް ބަދަލު ކުރުމަށް އިންޓަނޭޝަނަލް އެކްސްޕަޓީސް ވެސް ބޭނުންވާ ކަމަށްވަންޏާމުން ގެނެސްގެން، އަޅުގަނޑުމެންގެ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ކުންފުނިތަކަކީ ރައްޔިތުންގެ އިތުބާރު ލިބި، ބައިނަލްއަގުވާމީ ދުނިޔޭގެ އިތުބާރު ލިބޭ ޒަމާނީ ކުންފުނިތަކަށް ބަދަލުކުރުން

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެސްއޯއީތައް ރީފޯމްކުރުމުގެ މަސައްކަތުގެ ތެރެއިން އުވާލަން ޖެހޭ ކުންފުނިތައް އުވާލައި، އެއްކޮށްލައިގެން މަސައްކަތް ކުރެވޭނެ ކުންފުނިތަކުގެ މަސައްކަތް އެއްކޮށް ކުރުމަށް ވިސްނާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ވަނީ ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް ފަށާފައެވެ. އޭގެތެރޭގައި، ސަރުކާރުގެ މަސް ކުންފުނި މިފްކޯ ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހާގަކޮށްލެވެއެވެ.

މިފްކޯ: މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުންފުނިތަކަކީ އިތުބާރު ލިބިފައިވާ ޒަމާނީ ތަންތަނަށް ހެދުން ކަމަށް --

https://sun.mv/192730

މިދިޔަ އަހަރުގެ ސީޖީޓީއައިއިން ދައްކާ ގޮތުގައި 32 އެސްއޯއީގެ ތެރެއިން 20 އެސްއޯއީއަށް ވުރެ ގިނަ އެސްއޯއީއަށް ވަނީ 40 އިންސައްތައަށް ވުރެ ދަށުން މާކްސް ލިބިފައެވެ. އަދި، އެއްވެސް އެސްއޯއީއަކަށް 80 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައެއް ނުވެއެވެ. އެންމެ ހަ އެސްއޯއީ ރަނގަޅު ކަމަށް ރޭޓް ކޮށްފައިވާއިރު، ފަސް އެސްއޯއީ އަކީ އިމްޕްރޫވަބަލް ކަމަށް ރޭޓްކޮށްފައިވާ އެސްއޯއީތަކެވެ.

comment ކޮމެންޓް